Advertisement

އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނުތައް ތަންފީޒު ނުވާކަމަށް ވިދާޅުވެ ނާޒިލްގެ ކަންބޮޑުވުން

އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒު ކުރުމުގައި ފުލުހުންނާއި، ޓްރާންސްޕޯޓް މިނިސްޓްރީން އަހަންމިއްޔަތުކަން ނުދޭކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރ އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިލް ވަނީ މާލެ ސަރަހައްދުގައި މަގުމަތީގެ އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުވެފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިފަދަ ކަން އާންމުވުމުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ދެނެގަންނަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ތަކުރާރުކޮށް ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަންތައްތައްކަމަށް ފާހަގަކޮށް ނާޒިލް ވިދާޅުވީ އެހެން ނަމަވެސް، މި މައްސަލަތަކަށް އެއްވެސް ކަހަލަ އަހަމިއްޔަތުކަމެއް ދޭތަން ޓްރާންސްޕޯޓް މިނިސްޓްރީން ވެސް އަދި ފުލުހުންގެ ފަރާތުންވެސް ނުފެންނަކަމަށެވެ.

Advertisement

ނާޒިލް ވިދާޅުވީ ވެހިކަލް ދުއްވަން ޖެހެނީ މަގުގެ ވާތް ފަރާތުން ރާއްޖޭގެ ގަވާއިދުގައި އޮތް ނަމަވެސް، ފަހަކަށް އައިސް ކަނާތް ފަރާތުން ވެހިކަލް ދުއްވުން އިތުރުވެ، އެކްސިޑެންޓުތައް ގިނަވެފައިވާކަމަށެވެ. އަދި މަގުގެ ކަންކަން ބަލަހައްޓަން ތިބޭ ފުލުހުންވެސް މިފަދަ ކަންކަމަށް މާ ބޮޑު ސަމާލުކަމެއް ނުދޭކަމަށް އޭނާ ވިދާޅުވިއެވެ.

“މަގު މެދުގައި ޓްރެފިކް ކަންކަން ބަލަހައްޓަން ހުންނަ ފުލުސް ކުއްޖާ ވެސް، ގައިގެ ކައިރިން ލާފައި، ނުބައި ފަޅިން އުޅަނދު ދުއްވާފައި ދާއިރު ވެސް ނުބުނޭ އަނެއް ފަޅިން ދުއްވާށެކޭ ވެސް.”

ނާޒިލް ވިދާޅުވިއެވެ.

މަގުތަކުގައި ޓްރެފިކް ބެލެހެއްޓުމަށްކަމަށް ބުނެ ފުލުހުން ހަރަކާތްތެރިވި ނަމަވެސް، އެކަށީގެންވާ މަސައްކަތްތަކެއްކޮށް ނަތީޖާ ނެރޭ މަންޒަރު ނުފެންނަކަމަށް ނާޒިލް ވިދާޅުވިއެވެ.

ނާޒިލް މި ވާހަކަ ދައްކަވާފައި މިވަނީ ރޭގެ ވަގުތެއްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 17 އަހަރުގެ ޒުވާނަކު ނިޔާވެ، 2 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް