Advertisement

ޒަޚަމްވި 40 އަހަރުގެ މީހާ ވެންޓިލޭޓަރަށް، 16 އަހަރުގެ ކުއްޖާ ވޯޑަށް

ރޭ ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަޚަމްވި 40 އަހަރުގެ މީހާ އައިސީޔޫއަށް ބަދަލުކޮށް ވެންޓިލޭޓަރަށް ލައިފި އެވެ. އަދި ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ކުއްޖާ ވޯޑަށް ބަދަލުކޮށްފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ދާދި ދެންމެ ވަނީ “ވަން” އަށް މިކަން ކަށަވަރުކޮށްދެއްވައިފައެވެ.

Advertisement

އައިސީޔޫއަށް ބަދަލުކުރި މީހާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް މައުލޫމާތު ލިބެއެވެ. އެހެން ނަމަވެސް މިކަން ކަށަވަރުވާގޮތެއް އަދި ވަނީ ނުވެފައެވެ.

މާފަންނު ބަސް ޓާމިނަލް ކައިރިން ބޮޑުތަކުރުފާނު މަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހި ހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި، އެ ވަގުތު އެތާ ކައިރިން ދަތުރުކުރި ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއްވިއެވެ.

އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، މަގު ހުރަސްކުރާ މީހާގައިގައި ސައިކަލުން ޖެހުނުލެއް ބާރުކަމުން އޭނާ ވަރަށް ދުރަށް ވިއްސައިގެންދެއެވެ. ވިއްސައިގެންގޮސް އޭނާ މަގުމައްޗަށް ވެއްޓެނީ ޕިކަޕުގެ އަރިމަތީގައި ވަރަށް ބާރަށް ޖެހިފައެވެ.

އެ އެކްސިޑެންޓުގައި އަނިޔާވީ 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖަކާއި 40 އަހަރުގެ މީހަކަށެވެ. އޭގެ ތެރެއިން 40 އަހަރުގެ މީހާއަކީ މަގު ހުރަސްކުރަން އުޅުނު މީހާއެވެ. މަގު ހުރަސްކުރަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލުން ސަލާމަތްވުމަށް އޭނާއަށް ވެސް ދުއްވައިގެނެވުނީ، އެ ސައިކަލާ ދިމާއަށެވެ.

އެ އެކްސިޑެންޓު ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ތިން މީހުން ވެސް އައިޖީއެމްއެޗަށް ފަރުވާއަށް ގެންގޮސްފައިވާ އިރު، ދުވާ ޓްރެކް ސަރަހައްދުން ފެށިގެން ކާނިވާ ސަރަހައްދާ ހިސާބަށް ފުލުހުން ވަނީ މަގު ބަންދުކޮށްފައެވެ. “ވަން”ގެ ނޫސްވެރީން އެކްސިޑެންޓު ހިނގި ސަރަހައްދަށް ދިޔައިރު، އެ މުޅި ސަރަހައްދުގައި އޮތީ ލެޔެވެ.

އައިޖީއެމްއެޗްގައި ފަރުވާ ދޭންފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، 17 އަހަރުގެ ކުއްޖާ ވަނީ މަރުވެފައެވެ. އެއީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ދަރިފުޅު، ޔޫސުފް އަލްސަން މުހައްމަދެވެ.

‘ހަވާސާ’އަށް ކަށަވަރުވެފައިވާ ގޮތުގައި 16 އަހަރުގެ ކުއްޖާއަކީ އަލްސަންގެ އެކުވެރިއެކެވެ. ސައިކަލު ކަހާލައިގެން ގޮސް ޕިކަޕުގެ ދަށުވުމުން އަލްސަންގެ ބޯ ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ. އެ މަންޒަރު ފެންނަ ވީޑިއޯވެސް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް