އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށްފި

10 months ago

އަޙްމަދް އަޙްނަފް

މިފްކޯ އަކީ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކޮށް އެ ކުންފުންޏަކީ އެސްޓީއޯގެ ސަބްސިޑީ ކުންފުންޏެއް ގޮތުގައި އޮތް އޮތުން ބަދަލު ކުރަން ސަރުކާރުން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ނިންމުން ހާމަކުރެއްވީ މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގެ އެންމެ މުހިއްމު އެއް ސިނާއަތަކީ މަސްވެރިކަން ކަން ފަހާގަ ކުރައްވަމުން ޑރ.މުއިއްޒު ވިދާޅުވީ، މަސްވެރިކަން ފުލާ ކުރުމައްޓަކައި އެމަނިކުފާނުގެ މެނިފެސްޓީގެ ތެރެއިން ނިންމާފައިވާ ކަންކަމުގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ މިފްކޯއަކީ 100 ޕަސެންޓް ސަރުކާރު ހިއްސާ ކުންފުންޏަކަށް ހެދުން ކަމަށެވެ. އެގޮތުން އެސްޓީއޯގެ ސަބްސީޑިއެއްގެ ގޮތުގައި އޮތް އޮތުން ބަދަަކަށް ގެނެސް އެ ބަދަލު ގެންނަން މިއަދު ކެބިނެޓްގައި ނިންމާފައިވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެ ނިންމުން ނިންމުމުން އޭގެ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. މި ނިންމުމުގެ ބޭނުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި މަސްވެރިކަމުގެ ދާއިރާ ކުރިއަށް ގެންދިއުމަށާއި މަސްވެރިންނަށް ވެފައިވާ ވައުދުތައް ހާސިލް ކުރުމަށް މަގުފަހި ކުރުމަށް ކަމަށް ޑރ. މުއިއްޒު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން އެކަމުގެ ހުރިހާ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ދާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ހަމައެއާއެކު މަސްވެރިންނަށް ހާއްސަ ކޯޕަރޭޓިވްއެއް ގާއިމް ކުރަން ނިންމާފައިވާ ކަން ވެސް މުއިއްޒު ފާހަގަ ކުރެއްވިއެވެ. އަދި އެ ކޯޕަރޭޓިވް އަކީ މިފްކޯގެ ހިއްސާދާރަކަށް ހަދަން ވެސް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު