Advertisement

ހުޅުމާލެ ފޭސް 1 ގެ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހުޅުމާލެ ފޭސް 1 ގެ ނަންބަރު ފްލެޓްގެ ތިންވަނަ ފަންގިފިލާގައި ބިދޭސީން ދިރިއުޅޭ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފި އެވެ.

އެމްއެންޑީއެފްއިން ބުގޮތުގައި އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ހަރަކާތްތެރިވެ، އަލިފާން ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

Advertisement

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. ނަމަވެސް އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގައި އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

“އަލިފާނުގެ ހާދިސާ ހިނގާފައިވަނީ 94 ވަނަ ފުލެޓްގެ ތިންވަނަ ފަންގިފިލާގެ ދެވަނަ އެޕާޓްމަންޓުގައި. 11 ބިދޭސީން ދިރިއުޅޭ އެ އެޕާޓްމަންޓަށް ދުމުގެ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި. ހާދިސާގައި، އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމުގެ މައުލޫމާތު ވަނީ ލިބިފައި،” އެމްއެންޑިއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެޕާޓްމަންޓުގައި ހުރި ގިނަ ފަރުނީޗަރުތަކާއި އެހެނިހެން ސާމާނުތައް ވަނީ އަނދައި އަޅިއަށްވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް