Advertisement
އެންމެން މޫދަށް ހަރަކާތުގެ ތެރެއިން-- ފޮޓޯ: ކަނޑުތަކާއި ބެހޭ ވުޒާރާ

ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް “އެންމެން މޫދަށް” ނަމުގައި ހާއްސަ ހަރަކާތެއް ބާއްވައިފި

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖެއަށް ހުޅުވާލައިގެން “އެންމެން މޫދަށް” ނަމުގައި ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

“އެންމެން މޫދަށް” ހަރަކާތް ފަށާފައި ވަނީ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ހުޅުމާލޭގައި ބޭއްވި މޫދު ފެސްޓުގެ ތެރެއިންނެވެ. އެ ހަރަކާތުގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް އާއި އެޗްޑިސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރ.ޓ.ޑ) އަލީ ޒުހައިރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ އިތުރަށް އެ ވުޒަރާގެ އިސްވެރިންނާއި ސަރުކާރުގެ ކުންފުނިތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

ކަނޑުތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ އެ ހަރަކާތަކީ، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ގިނަ ރައްޔިތުން ގުޅިގެން، ރާއްޖޭގެ ކަނޑުފަޅުތަކުގެ މުހިންމުކަން ފާހަގަ ކުރުމަށް ހިންގާ ވަރަށް ހާއްސަ ހަރަކާތެއް ކަމަށެވެ.

މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް “އޯޝަން ފެސްޓިވަލް” ގެ ނަމުގައި ހާއްސަ ހަރަކާތްތަކެއް މިއަދު ވަނީ ފަށައިފައެވެ.

ހުޅުމާލެ ދިރާގު ބީޗު ސަރަޙައްދުގައި “އޯޝަން ފެސްޓިވަލް” ގެ ނަމުގައި ކުރިއަށް ގެންދާ އެ ހަރަކާތްތައް ފަށާފައިވަނީ މިއަދު ހެނދުނު 9:00އެވެ. އަދި އެ ހަރަކާތް ކުރިއަށްދާނީ މިއަދު ހަވީރު 17:30 އަށެވެ. ވުޒާރާއިން ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރެކޭ އެއް ފަދައިން މިއަހަރުގެ ފެސްޓިވަލްވެސް ކުރިއަށްދާނީ ކުޑަކުދިންނަށް ތަފާތު މޫދު ކުޅިވަރުތަކާއެކުގައި ކަމަށެވެ.

އަދި އެކި އޮފީސް އަދި ކުންފުނިތަކުގެ މަސައްކަތްތައް ކުޑަކުދިންނާ ގުޅޭގޮތަށް ދައްކުވައިދޭ ސްޓޯލް ތައްވެސް ބެހެއްޓިފައި ހުންނާނެ ކަމަށް ވުޒާރާ އިން ވިދާޅުވިއެވެ. މިދިޔަ އަހަރުގެ އޯޝަން ޑޭ ހަރަކާތްތަކަށް ވެސް އާންމުންގެ ބޮޑުތަރުހީބެއް ވަނީ ލިބިފައިވާ ކަމަށް ކަނޑުތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ކިލޯއަކަށްވުރެ ގިނަ އަދަދެއްގެ ޑުރަގު އެތެރެކޮށް، ވިއްކުމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފި

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާ ރާއްޖެ އަތުވެއްޖެ

ގިރިފުށީގައި ބިން ހިއްކަން ފަށައިފި؛ ސިފައިންގެ ތަމްރީނަށް ޒަމާނީ މަރުކަޒެއް އަޅާނެ

ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަށް ސިކުނޑި ހޭނުވިދާނެ ގޮތްތައް