Advertisement
މެދުހެންވެރު ދާއިރާގެ ކައުންސިލަރު މީކާއީލް މުޙައްމަދު ރިޔާޒް: އެމްޑީޕީ ފަރާތުން ޑެޕިއުޓީ މޭޔަރުކަމަށް ހޮވަން ނިންމީ މީކާއީލް --- ފޮޓޯ: މައިމޫން / އެކްސް

މާލެސިޓީގެ ޑެޕިޔުޓީ މޭޔަރު ކަމަށް މީކާއިލް މުހައްމަދު އިންތިޚާބުކޮށްފި

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް މެދުހެންވޭރު ދާއިރާގެ ކައުންސިލަރު މީކާއިލް މުހައްމަދު އިންތިހާބުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ޑެޕިޔުޓީ މޭޔަރު ކަމުގެ މަގާމަށް އެމްޑީޕީގެ ޓިކެޓްގައި މެންބަރު ކަމުގެ ގޮނޑި ކާމިޔާބުކުރި ހަތަރު ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. އެއީ؛

Advertisement

1- މާފަންނު ހުޅަނގު ދާއިރާ މުހައްމަދު ރިލްވާން އަލީ (ރިލޭ) (އެތެރޭގެ އިންތިޚާބުން ލިބުނީ 2 ވޯޓް)

2- މާފަންނު މެދު ދާއިރާ އައިޝަތު ހަނާ (އެތެރޭގެ އިންތިޚާބުން ލިބުނީ 2 ވޯޓް)

3- ހުޅުމާލެ އުތުރު ދާއިރާ ފާތިމަތު ޒަހިއްޔާ (ޒާޔާ) (އެތެރޭގެ އިންތިޚާބުން ލިބުނީ 5 ވޯޓް)

4- ހެންވޭރު މެދު ދާއިރާ މީކާއިލް މުހައްމަދު ރިޔާޒު (މިކީ) (އެތެރޭގެ އިންތިޚާބުން ލިބުނީ 7 ވޯޓް)

އެތަނުން މަގާމަށް އިންތިޚާބު ކުރާނެ ފަރާތެއް ކަނޑައެޅީ އެމްޑީޕީގެ އެތެރޭގެ މެންބަރުންގެ މެދުގައި ނެގި ވޯޓަކަށްފަހުގައެވެ. އެއިން ކުރި ހޯދީ މީކާއިލް އެވެ.

އެއާއެކު ކައުންސިލަރުންގެ މެދުގައި ނެގުނު ވޯޓުންވެސް ކުރި ހޯދީ އޭނާއެވެ. މާލެ ސިޓީ ކައުންސިލްގެ މި ދައުރުގައި މެޖޯރިޓީ ނެގީ އިދިކޮޅު  އެމްޑީޕީންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް