Advertisement
މަހުދީއަކީ ނުރައްކާތެރި އެތައް ހާދިސާއެއްގައި ފީނި، ރާއްޖޭގެ އެންމެ މޮޅު އެއް ޑައިވަރު: ފޮޓޯ: އިހުސާން

މަހުދީއަކީ ނުރައްކާތެރި އެތައް ހާދިސާއެއްގައި ފީނި، ރާއްޖޭގެ އެންމެ މޮޅު އެއް ޑައިވަރު!

ވ. އަތޮޅުގެ ސަރަހައްދަކަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދަން ރެސްކިއު އޮޕަރޭޝަނުގައި ހަރަކާތްތެރިވަނިކޮށް ހާލު ދެރަވެގެން ފަރުވާ ދެމުން ދިޔަ ސިފައިންގެ ޑައިވަރު ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީއަކީ ނުރައްކާތެރި އެތައް ހާދިސާއެއްގައި ފީނައިވާ ރާއްޖޭގެ އެންމެ މޮޅު އެއް ޑައިވަރު ކަމަށް ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ވ. އަތޮޅު އަލިމަތާ ރިސޯޓު ކައިރީ ސަރަހައްދަކަށް ޑައިވިންއަށް މިމަހުގެ 14 ވަނަ ދުވަހު ފައިބާފައިވަނީ އިޓަލީގެ 5 ފަތުރުވެރިންނެވެ. ދިވެހި އެއްވެސް ޑައިވަރަކާ ނުލާ އެ ފަތުރުވެރިން ޑައިވިންއަށް ފައިބާފައިވާއިރު، އެމީހުންގެ ހަބަރެއް ނުވެގެން އެމީހުން ހޯދަމުން ދަނިކޮށް، އޭގެ ތެރެއިން ފަތުރުވެރިއަކު ނިޔާވެފައި އޮއްވާ ފެނިފައިވަނީ ހަމަ އެދުވަހުގެ ވަގުތެއްގައި ކަނޑުގެ 60 މީޑަރު އަޑިން ކޭވްއެއްގެ ތެރެއިންނެވެ.

Advertisement

އެއާއި އެކީ އެމްއެންޑީއެފުން ވަނީ އެސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. “ހައި ރިސްކު” އޮޕަރޭޝަނެއް ކަމަށް އެމްއެންޑީއެފުން ސިފަކޮށްފައިވާ އެ އޮޕަރޭޝަނުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި 8 ޑައިވަރުން ބައިވެރިވިއެވެ.

އެ އޮޕަރޭޝަންގައި ބައިވެރިވި ސިފައިންގެ ޑައިވަރު މަހުދީ ނިޔާވެފައި ވަނީ އޭޑިކޭގައި ފަރުވާ ދެމުން ދަނިކޮށެވެ. އެނގިފައިވާ ގޮތުގައި އޭނާ ނިޔާވެފައިވަނީ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން ދަނިކޮށް ޑީކޯ ވެގެން ފަރުވާ ދެމުން ދަނިކޮށެވެ.

އެކަމާއި ގުޅިގެން މީގެ ކުރިން ސިފައިން ގޭގައި މަސައްކަތް ކުރައްވާފައިވާ ވަޒީރު އިހުސާން ވިދާޅުވީ، އޭނާ އާއި މަހުދީ ރާއްޖޭގެ ގައުމީ ދިފާއީ ބާރާ ގުޅުނީ 2005 ވަނަ އަހަރުގެ ތެރޭގައި އެކުގައި ކަމަށެވެ. އަދި ސިފައިންގެ އަސާސީ ތަމްރީނު ފުރިހަމަކުރީވެސް އެކުގައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

“ރީީީގެ ދުވަސްތަކުން ފެށިގެންވެސް، މަހުދީއަކީ އޭނާގެ ހިތްވަރުގަދަކަމާއި، އަހުލާގާއި، ވާޖިބަށް ކަމޭހިތުމުގައި ނަމޫނާ ދެއްކި ސިފައިންގެ ބޭކަލެއް. ފާއިތުވި އަހަރުތަކުގައި އޭނާ ވެގެންދިޔައީ ރާއްޖޭގައި ހުރި އެންމެ ތަމްރީނުލިބިފައިވާ، ގާބިލު އެއް ޑައިވަރަށް. ވަރަށް ނުރައްކާތެރި، ހިރާސްބޮޑު އޮޕަރޭޝަންތައް ހިިމެނޭ ގޮތަށް، ކަނޑުގެ 70 މީޓަރު އަޑިއަށް ފީނައިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަންތައްވެސް ހިމެނޭ،”. ވަޒީރު ވިދާޅުވެފައި ވެއެވެ.

މިއަދު، މީހުން ހޯދުމުގެ ނުރައްކާތެރި ހިރާސްބޮޑު އޮޕަރޭޝަނެއްގައި، ގައުމީ ހިދުމަތުގައި ހުއްޓާ، މަހުދީ ފުރާނައިން އެންމެ މަތިވެރި ގުރުބާނީއެއް ވެފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވެފައި ވެއެވެ.

އަދި އޭނާއަކީ އަޅުގަނޑު ދުށް އެންމެ ހިތްވަރުގަދަ ސިފައިންގެ މީހުންގެ ތެރެއިން އެކަކު ކަމަށްވެސް އިހުސާން ވިދާޅުވެފައި ވެއެވެ.

“އޭނާއަކީ ރާއްޖޭގެ ހަގީގީ ބަތަލެއް. އަދި އަޅުގަނޑުމެންގެ ޑައިވަރުންގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެކަކު،”. އިހުސާން ފޭސްބުކްގައި ކުރެއްވި ޕޯސްޓޭއްގައި ވިދާޅުވެފައި ވެއެވެ.

އޭނާގެ ވަކިވެދިއުމަކީލިބުނު ފުން ހިތާމައެއްކަންވެސް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މި ދަތި އުނދަގޫ ވަގުތުގައި ދުއާއާއި ހަމްދަރުދީ ވަނީ އޭނާގެ އާއިލާއާއި، ގާތް ރަހުމަތްތެރިންނާއި، އަދި އެކުގައި މަސައްކަތްކުރި ސިފައިންގެ ބޭކަލުންނާއި އެކުގައި ކަމަށެވެ.

ބޭރުގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޭވްއެއްގެ ތެރެއިން ފެނުނު މީހާއަކީ އެމީހުންނާއި އެކީ ރާއްޖެ އައިސް އުޅުނު އިންސްޓްރަކްޓަރެކެވެ. އެމީހުން ފައިބާފައިވާ ކޭވްއަކީ ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓޫ ހުންނަ ކޭވްއެއް ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

މި އޮޕަރޭޝަނުގައި އެމްއެންޑީއެފަށް އެހީތެރިވުމަށް އިޓަލީގެ 2 ތަޖުރިބާކާރުން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބައިވެރިވަނީ ޑީޕްސީ ރެސްކިއު އެކްސްޕާޓަކާއި ކޭވް ޑައިވިން އެކްސްޕާޓެއް ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް