ޗައިނާގެ ޗަންހައި ގައި ބޭއްވުމަށް ހަމަޖެހިފައިވާ އދ ގެ އާންމު މަޖިލީހުގެ ރައީސުންގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެ މަޖިލީހުގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ފުރާ ވަޑައިގެންނަވައިފިއެވެ.
އިދިކޮޅު އެމްޑީޕީގެ ރައީސްކަމުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޝާހިދު އެކްސްގައި މިކަމާ ގުޅޭގޮތުން ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، މި ބައްދަލުވުމުގައި އދ ގެ އާއްމު މަޖިލީހުގެ ރައީސްކަން ކުރެއްވި 12 ރައީސަކު ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާކަމަށެވެ. އދ ގެ އާއްމު މަޖިލީހުގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މިހާތަނަށް ދުނިޔޭގައި 21 ބޭފުޅަކު އެބަތިއްބެވިއެވެ.
އަޅުގަނޑު މިފުރަނީ ޗައިނާގެ ޝެންހައި ގައި ބާއްވާ ޔުނައިޓެޑް ނޭޝަންސް ގެ ޢާންމު މަޖިލީހުގެ ރައީސުންގެ ބައްދަލުވުމުގައި ބައިވެރިވުމަށެވެ.
އ.ދ. ގެ ޢާންމު މަޖިލީހުގެ ރައީސްކަންކުރެއްވި ބޭފުޅުންގެ ތެރެެއިން މިހާރު ދުނިޔޭގައިތިއްބެވި 21 ރައީސުންގެ ތެރެއިން 12 ރައީސަކު…
— Abdulla Shahid (@abdulla_shahid) May 10, 2026
ޢަބްދުﷲ ޝާހިދު އދ. ގެ އާންމު މަޖިލީހުގެ ރައީސްކަމުގައި ހުންނެވީ އެމަޖިލީހުގެ 76 ވަނަ ސެޝަނުގައެވެ. އެއީ ސެޕްޓެމްބަރު 2021 އިން ފެށިގެން ޖެހިގެން އައި 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.
އދ ގެ އާންމު މަޖިލީހުގައި ޝާހިދުގެ “އުއްމީދުގެ ރިޔާސަތު” ބިނާކުރައްވާފައިވަނީ އަންހެނުން ކުރިއެރުވުމަށާއި، މިންތީގެ ހަމަހަމަކަމުގެ އިތުރުން ޒުވާނުން ބާރުވެރި ކުރެއްވުމުގެ އިތުރުން ރާއްޖޭގެ ހާރިޖީ ދާއިރާ ކުރިއެރުވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު