Advertisement
ރައީސް ޑރ.މުއިއްޒު އެސްޓޯނިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސް މުޢިއްޒު މިދިޔަ އަހަރު ކުރެއްވި ފަސް ދަތުރުފުޅަކަށް 5.5 މިލިއަން ރުފިޔާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިދިޔަ އަހަރު ކުރެއްވި ފަސް ދަތުރުފުޅަކަށް ހަރަދުވީ ފައިސާގެ އަދަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހާމަކޮށްފި އެވެ.

އެ ދަތުރުފުޅުތަކުގެ ތަފްސީލު ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް އެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފްގެ ނޫސްވެރީންގެ ބައްދަލްވުމުގަ އެވެ.

Advertisement

ތަރުޖަމާން ވަނީ މިދިޔަ އަހަރުގެ އޭޕްރީލު މަގު މެލޭޝިޔާއަށް ރައީސް ކުރެއްވި ދަތުރުފުޅާއި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅާއި ޖުލައި މަހު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅާއި ސެޕްޓެންބަރު މަހު ގަތަރަށް ކުރެއްވި ދަތުރުފުޅާއި ނޮވެންވަރު މަހު އިނގިރޭސިވިލާތަށް ކުރެއްވި ދަތުުރުފުޅަށް ހަރަދުވީ ފައިސާގެ އަދަދު ހާމަ ކުރައްވާފަ އެވެ.

އެންމެ ބޮޑު ހަރަދެއް ސިންގަޕޫރަަށް ކުރެއްވި ދަތުރުފުޅަށް

ތަރުޖަމާން ހާމަކުރެއްވި މައުލޫމާތަށް ބަލާއިރު އެންމެ ބޮޑު ހަރަދެއް ހިނގީ ރައީސްގެ ސިންގަޕޫރު ދަތުރުފުޅަށެވެ. އެ ދަތުރުފުޅަށް 2.27 މިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.

ދެން އެންމެ ބޮޑު ހޭދައެއް ހިނގީ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށެވެ. އެ ދަތުރުފުޅަށް 1.57 މިލިއަން ރުފިޔާ ހަރަދުވި އެވެ.

2- 2025 ގައި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ހަރަދުވީ 2.27 މިލިއަން ރުފިޔާ

3- ޖުލައި 2025 ގައި އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށް ހަރަދުވީ 1.57 މިލިއަން ރުފިޔާ

އެންމެ ހަރަދުކުޑައީ ރައީސްގެ މެލޭޝިޔާ ދަތުރުފުޅެވެ. އެ ދަތުރުފުޅަށް ހަރަދުވީ 245،170 ރުފިޔާ އެވެ. އެ ދަތުރުފުޅުގެ މައިގަނޑު ހުރިހާ ހަރަދެއް ކުރީ މެލޭޝިޔާ ސަރުކާރުންނެވެ.

ގަތަރަށް ކުރެއްވި ދަތުރުފުޅަށް ހަރަދުވީ 570،971 ރުފިޔާ އެވެ. އަދި ފަހުން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުތަކަށް ހަރަދުވީ 870،411 ރުފިޔާ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް