ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އަލުން އައްޔަނުކުރެއްވި 14 ވަޒީރުންނަށްވެސް މަޖިލީހުން ރުހުންދީފިއެވެ.
ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 15 އަށް މަދުކުރައްވާ ބައެއް ވުޒާރާތައް އުވާލައްވައި ބައެއް ވުޒާރާތައް އެއްކުރައްވައި ބޮޑެތި ބަދަލުތަކެއް ވަނީ ގެންނަވާފަ އެވެ. އެގޮތުން ބަދަލެއް ނުގެންނެވީ ހަމައެކަނި ބަންޑާރަނާއިބު އަހްމަދު އުޝާމްގެ މަގާމަށެވެ.
އަނެއް 14 ވުޒާރާގެ ނަމަށް ވެސް ވަނީ ބަދަލު ގެންނަވާފަ އެވެ. އެހެން ކަމުން އެ ބޭފުޅުންނަށް ރުހުން ހޯއްދެވުމަށް ވަނީ މަޖިލީހަށް ހުށައަޅުއްވާފަ އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމީޓީން އެ މައްސަލަ ދިރާސާކުރެއްވުމަށް ފަހު ނިންމެވީ 14 ވަޒީރުންނަށް ވެސް ރުހުން ދޭށެވެ. އެ ނިންމުން ނިންމީ ކޮމެޓީ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
އެފަހުން މިއަދުގެ މަޖިލީހުގެ ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ވޯޓު ވަކިވަކިން ނަގާފައިވާއިރު، މަޖިލީހުން ފާސްވީ ހުރިހާ މެންބަރުންނަށްވެސް ރުހުން ދޭށެވެ.
ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލުތަކަކީ:
- މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް, މޫސާ ޒަމީރު
- މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ, ޢަލީ އިޙްސާން
- މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް, ޙަސަން ރަޝީދު
- މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް, އަޙްމަދު ޝިޔާމް
- މިނިސްޓަރ އޮފް ފޮރިން އެފެއާޒް, އިރުތިޝާމް އާދަމް
- މިނިސްޓަރ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް, ޑޮކްޓަރ އިސްމާޢީލް ޝަފީޢު
- މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ, ޤީލާ ޢަލީ
- މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް, މުޙައްމަދު ސަޢީދު
- މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް, ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
- މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން, މުޙައްމަދު އަމީން
- މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް, ޢަބްދުالله ރާފިޢު
- މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް, ހީނާ ވަލީދު
- މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ, ޢަލީ ޝަރީފް


ކިޔުންތެރިންގެ ހިޔާލު