Advertisement
އަދަދު ނޫހުގެ އެޑިޓަރު ހަސަން ފުލުސް އޮފީހަށް ވަންނަނީ:

އައިޝާ ޑޮކިއުމެންޓްރީ މައްސަލަ: ފުލުހުންގެ ތަހުގީގުގައި ޙަސަން ހުރީ ހަނު

އޮންލައިން ނޫސް “އަދަދު”ން ގެނެސްދިން “އައިޝާ” ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ތަހުގީގުކުރަމުން އަންނަ ޖިނާއީ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމުން، އެ ނޫހުގެ މެނޭޖިން އެޑިޓަރު ޙަސަން މުޙައްމަދު (ހަސަނާ) ހަނު ހުރުމުގެ ހައްގުގެ ބޭނުންކޮށްފިއެވެ.

ޙަސަން ފުލުހަށް ހާޒިރުކުރީ އޭނާގެ ވަކީލު ސައްޔާޙް ޚަލީލާއެކު، މިއަދު ހެނދުނު 8:30 އަށެވެ.

Advertisement

އެ ސަރަހައްދުގައި ތިބި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ސައްޔާޙް ވިދާޅުވީ، ޙަސަން ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާތަކަށް އިންކާރުކޮށް، ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައި ކަމަށެވެ.

ޙަސަންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި:

  • މީހަކު ކުރާ އަމަލަކަށް އެހެން މީހަކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށް
  • ޤަޛްފުގެ ކުށް
  • ކުށެއް ކުރުމަށް އެދުމާއި ކުށެއް ކުރުމަށް ރޭވުން

ހަމަ މި ޑޮކިއުމެންޓްރީއާ ގުޅިގެން، އަދަދު ނޫހުގެ ސީއީއޯ އަދި ޗީފް އެޑިޓަރު ޙުސައިން ފިޔާޒް މޫސާ މިއަދު މެންދުރުފަހު ފުލުހަށް ހާޒިރުވާން ވަނީ އަންގައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި ޙަސަނާއި ފިޔާޒްގެ އިތުރުން، “އައިޝާ” ޑޮކިއުމެންޓްރީއާ ގުޅިގެން، ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ކުރިން ފުރުއްވި ޢާއިޝަތު ޢީޝާ އަޝްރަފްގެ ޕާސްޕޯޓު ތިން މަސް ވަންދެން ވަނީ ހިފަހައްޓައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް