މިދިޔަ ހަމަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ކުންފުނިތަކަށް 3.3 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ރާއްޖެއިން ބޭރުން ނަގާފައި ހުރި ބޮޑެތި އަދަދުތަކުފެ ދަރަނި ދެއްކުމާއެކު، ރާއްޖޭގެ އެތެރެއިން ނަގާފައިހުރި ދަރަންޏާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދައްކަމުންދާކަމަށެވެ. އެގޮތުން މިދިޔަ ހަމަސްދުވަހުގެ ތެރޭ އެކަނިވެސް 3.3 ބިލިއަން ރުފިޔާ އަމިއްލަ ކުންފުނިތަކަށް ދޫކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ކޮންމެ ހަފްތާއަކު 700 އެއްހާ ވެންޑަރުންނަށް ފިނޭންސުން ބިލްތަކަށް ދައްކަންޖެހޭ ފައިސާ ދައްކަމުން އަންނައިރު، ކުރިއަށްއޮތް ހަފްތާގެ ތެރޭގައުވެސް އެފަރާތްތަކަށް 250 މިލިއަން ރުފިޔާގެ ބިލްތަކަށް ފައިސާ ދެއްކިގެންދާނޭކަމަށެވެ. ރައީސް ވިދާޅުވީ ސަރުކާރުން އަބަދުވެސް ބަލަނީ ރައްޔިތުންނަށް ދަތުވެފައިވާ ކަންކަން ފުއްދައިދިނުމަށް ކަމަށާއި، ރައްޔިތުންގެ ބޮލުގައި ކުރިން އަޅުވާފައިވާ ދަރަނިތަކާއި ދޭންޖެހޭ ފައިސާ ދެމުންދާކަމަށެވެ.
އިގްތިސާދު ރަނގަޅު ކުރަމުން އަޅުގަނޑުމެންގެ މިދަރަނިތައް ދައްކަމުން އަޅުގަނޑުމެން ކުރިއަށް މިގެންދަނީ. އަޅުގަނޑު ހަމައެކަނި ބޭރުގެ ދަރަންޏެއް ނޫން ދައްކަނީކީ، އެތެރޭގެ ދަރަނިވެސް އިރާދަކުރެއްވިއްޔާ ދައްކަމުން ސަރުކާރުން އެކި މީހުންލައްވާ މަސައްކަތް ކުރުވާފައި ހުރި ފައިސާވެސް ދައްކަމުން މިދަނީ
ރައީސް ޑރ.މުއިއްޒު
ރައީސް ވިދާޅުވީ، އެޅިފައިވާ ދަރަނިތައް އަދާކުރުމާއެކު ތަރައްޤީގެ ކަންކަމާއި އިޖުތިމާއީގޮތުން ހުރި ނުރައްކާތައް ކުޑަކުރުމަށްވެސް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.
މިދިޔަ ހަމަސްދުވަހުގެ ތެރޭގައި އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ 3.3 ބިލިއަން ރުފިޔާ ދީ ނިންމާފައިވާަކމަށް ރައީސް ވިދާޅުވިއިރޔު، ސަރުކާރުން ގެންދަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާވެސް ކަނޑައެޅިވާ ގޮތަށް ދެމުންނެވެ. އެގޮތުން މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބެކްލޮގް ނިންމައި، ކިރުވާ މަހަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ފައިސާ ދެމުން އަންނަކަން މަސްވެރިންގެ ވުޒާރާއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު