ތިލަފުށީ ވެމްކޯ ސައިޓުގައި ރޭ ރޯވި އަލިފާން އެމްއެންޑީއެފް ތިލަފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ޙަރަކާތްތެރިވެ މިއަދު ހެނދުނު ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ ތިލަފުށީ ވެމްކޯ ސައިޓުގައި އަލިފާން ރޯވެފައިވާ ކަމުގެ މަޢުލޫމާތު ލިބުނީ ރޭ 03:43 ހާއިރު ކަމަށެވެ. އެ މަޢުލޫމާތު ލިބުމާއެކު މާލެ އޭރިއާ ކޮމާންޑް، ތިލަފުށީ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ މިއަދު ހެނދުނު 08:19 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު