Advertisement

ހޯމަ ދުވަހު އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލްވުމެއް ހޯމަ ދުވަހު ބާއްވަން ނިންމާ އެކަން ގައުމީ މަޖިލީހުގެ މެންބަރުންނަށް އަންގައިފި އެވެ.

ގައުމީ މަޖިލީސް މި އެއްވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ މަގާމުން ވަކިކުރަން ހުށައަޅާފައިވާ ހުށައެޅުމާއި ގުޅިގެންނެވެ.

Advertisement

ގައުމީ މަޖިލީހުގެ 55 މެންބަރުން ސޮއިކޮށް މިއަދު ވަނީ ޣަފޫރު ވަކިކުރަން ޕެޓިޝަނެއް ހުށައަޅާފަ އެެވެ. އެމްޑީޕީން ބުނީ އެ ޕެޓިޝަނާއިމެދު ގޮތް ނިންމަން ގައުމީ މަޖިލީސް އެއްވާނެ ކަމަށެވެ. އެ ބައްދަލްވުން ހޯމަ ދުވަހު އޮންނާނެ އެވެ. އަދި ގަޑިއާ ތަން އަންގާނެ ކަމަށް މެންބަރުންނަށް ފޮނުވި މެސެޖުގައިވެ އެވެ.

ގަޕޯ އިންނެވި ގްރޫޕެއްގައި މެމްބަރަކު ވަނީ، ގަޕޯއަށް ނިސްބަތްކޮށް ޤައުމީ މަޖިލީހުގެ 55 މެމްބަރުން ސޮއިކުރީމަ ދެން ރަނގަޅުވާނީ މަޤާމުން ދުރަށް ޖެހިލުންކަމަށް ވިދާޅުވެފައެވެ. މެމްބަރުގެ އެ މެސެޖަށް ކުރެއްވި ރިޕްލޭގައި ގަޕޯ ވިދާޅުވީ ޕާޓީގެ ޗެއާޕާސަންކަމުގެ މަޤާމުން އިސްތިއުފާ ނުދެއްވާނޭ ކަމަށެވެ. އަދި ވޯޓު ނެގުން ކުރިއަށް ގެންދިއުމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުން ގަޕޯ ވަކިކުރުމުގެ މަސައްކަތް ފަށާފައިމިވަނީ، ނިމިގެންދިޔަ އިންތިހާބުން އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދިން މައްސަލަ އާއި އެކަމުގެ ސަބަބުން އެޕާޓީގެ ބައެއް މެމްބަރުން ޖަލްސާ ބޮއިކޮޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޣަފޫރު މަގާމުން ވަކިކުރުމަށް އެދި ހުށަހެޅި މައްސަލާގައި ބުނީ، ޕާޓީގެ ވަގުތީ ޗެއަރޕަރސަންކަމުގެ މަގާމު، އޭނާއާ ހަވާލުކުރީ ސަރުކާރުން ހިންގަމުންގެންދާ ބޮޑެތި ޖަރީމާތައް ހުއްޓުވުމަށް ޕާޓީން ކުރަންޖެހޭ މަސައްކަތް އިންތިޒާމު ކުރުމަށް ކަމަށެވެ.

އަދި ޕާޓީއާމެދު ރައްޔިތުން ކުރަމުންދާ އުއްމީދުތައް ހަގީގަތަކަށް ހެދޭނީ ޕާޓީގެ މަސްލަހަތު ހިފަހައްޓައި، ޕާޓީއަށް ތާއީދު އިތުރުކޮށް، އާންމު މެންބަރުން ޕާޓީގެ ލީޑަރުންގެ ގޮތުގައި ބަލާ، އެއްވެސް ފަރާތެއް ބާކީ ނުކޮށް، އާންމު މެންބަރުންގެ އިހްސާސްތައް ދެނެގަނެގެން ޗެއަރޕަރސަންގެ މަސްއޫލިއްޔަތު އަދާކޮށްގެން ކަމަށްވެސް ބުންޏެވެ.

ޕެޓިޝަނުގައި ބުނެފައިވަނީ ގަޕޯ އަމަލުކުރިގޮތުން ޕާޓީގެ މެމްބަރުންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެ، މަސްލަހަތުވެސް ގޯސްވެފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި