Advertisement

އަލިފާން ނިއްވަން އުޅުނު ތިން ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާދެނީ

ހުޅުމާލޭގައި ހުންނަ އެންސިސް ފިޝަރީޒްގެ ގުދަނުގައި ރޭ ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރަން އުޅުނު ތިން ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.

ވީ ކިިހިނެއް؟- ހުޅުމާލެ ފޭސް އެކެއްގެ އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ އެ ގުދަނުގައި އަލިފާން ހިފާފައިވަނީ ރޭ އިރާކޮޅެވެ. އެ ސަރަހައްދަށް ވަރަށް ބޮޑަށް ދުމުގެ އަސަރު ކޮށްފައިވާކަމަށް ބުނެ ފުލުހުން ރޭ ވެސް ވަނީ، ޒަރޫރީ ބޭނުންތަކުގައި މެނުވީ އެ ސަރަހައްދަށް ނުދިއުމަށް އެދިފަ އެވެ.

Advertisement

ފުލުސް އޮފީހުން މިއަދު ބުނިގޮތުގައި:

  • އަލިފާން ނިއްވަން އުޅުނު ތިން ފުލުހަކަށް ވަނީ ވަރަށް ބޮޑަށް ދުމުގެ އަސަރުކޮށްފައި

  • ރެއިއްސުރެ އެ މީހުންނަށް ފަރުވާ ދެމުން ދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި

  • އެ މީހުންގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުން ބުނި

ރޭ ހިނގި އެ އަލިފާނުގެ ހާދިސާގައި ދުންގަނޑު ބޯވެ، މަގުމަތިން ދުރު ފެންނަ މިންވަރު ވެސް ދަށްވި އެވެ. އެހެންވެ ފުލުހުން ރޭ ވަނީ، ކައިރި ސަރަހައްދުތަކުގައި ހުރި ގޭގޭގެ ކުޑަދޮރުތަކާއި ދޮރު ލައްޕައި، ބޭރަށް ނުކުންނަނަމަ މާސްކު އެޅުމަށް އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި