Advertisement

އިންތިހާބުތަކާ ގުޅޭ 36 ޝަކުވާއެއް އީސީއަށް ހުށަހަޅައިފި

މިއަދު ރާއްޖޭގައި ކުރިއަށްދާ އިންތިހާބުތަކާ ގުޅިގެން މިހާތަނަށް ޖުމްލަ 36 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

މިއަދު ރާއްޖޭގައި ކުރިއަށްދަނީ ތިން އިންތިހާބެކެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓެވެ.

Advertisement

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވި ގޮތުގައި، މިއަދު ހެނދުނު 7:00 އިން ފެށިގެން 9:00 އާ ހަމައަށް ކޮމްޕްލެއިންސް ބިއުރޯއަށް ފޯނުގެ ޒަރީއާއިން 28 ޝަކުވާއެއް ވަނީ ލިބިފައެވެ. މީގެ އިތުރުން އީމެއިލް މެދުވެރިކޮށް 7 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ހުށަހެޅުނު ޝަކުވާތަކުގެ ތަފްސީލަށް ބަލާއިރު، ކެމްޕެއިން ކުރުން މަނާ ގަޑިތަކުގައި ކެމްޕެއިން ކުރުމާ ގުޅޭ 7 ޝަކުވާއަކާއި، އިންތިހާބީ މައުލޫމާތުތަކާ ގުޅޭ 4 ޝަކުވާއެއް ހިމެނެއެވެ. އަދި ވޯޓުލާ ސަރަހައްދާ ގުޅޭ 8 ޝަކުވާއަކާއި، ވޯޓު ކަރުދާހާ ގުޅޭ 3 ޝަކުވާއެއްގެ އިތުރުން، ވޯޓުލުމުގެ މަރުހަލާގައި ދިމާވި މައްސަލަތަކާ ގުޅޭ 2 ޝަކުވާއެއް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން އެހެނިހެން ކަންކަމާ ގުޅޭ 5 ޝަކުވާއެއް ވެސް އީސީއަށް ވަނީ ލިބިފައެވެ.

މިއަދުގެ އިންތިހާބުތަކުގެ ވޯޓުލުން ހެނދުނު 8:00 ގައި ފަށާފައިވާއިރު، ވޯޓުލުން ކުރިއަށްދާނީ ހަވީރު 16:00 އާ ހަމައަށެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 294,876 މީހުންނަށް ލިބިގެންވެއެވެ. އިލެކްޝަންސް ކޮމިޝަނުން ދަނީ ހުށަހެޅޭ ޝަކުވާތައް ބަލައި، އެކަންކަމަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް