Advertisement

މާލޭ އުތުރު ފަރާތުގައި ހަދާފައިވާ ބަނދަރު އެމް.ޕީ.އެލްއާ ހަވާލުކޮށްފި

މާލޭ އުތުރު ފަރާތުގައި ހަދާފައިވާ ބަނދަރު އެމް.ޕީ.އެލްއާ ހަވާލުކޮށްފިއެވެ.

އެ ބަނދަރު އެމްޕީއެލްއާ ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި ދެމެދު  ސޮއިކޮށްފައިވާ ފަހުމުނާމާއެއްގެ ދަށުންނެވެ.

Advertisement

އެކަމާ ގުޅޭގޮތުން އެމްޕީއެލްއިން މައުލޫމާތު ދޭ ގޮތުގައި 2025 ޖޫން 4 ވަނަ ދުވަހުން ފެށިގެން މާލޭގެ އުތުރު ފަރާތު ބަނދަރު، އެމް.ޕީ.އެލް ސަރަހައްދުން ފެށިގެން މަސްމާރުކޭޓު ކުރިމަތީގައިވާ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާއި ހަމައަށް ވަނީ އެ ކުންފުންޏާ ހަވާލުކުރެވިފައެވެ. އެހެންކަމުން ދެން މި ބަނދަރު ހިންގައި ބަލަހައްޓާނީ، އެމް.ޕީ.އެލްގެ މާލޭ ނޯތު ހާބަރގެ ދަށުންނެވެ.

މާލޭ ނޯތު ހާބަރގެ އިން މި ބަނދަރު ހިންގުމާ ހަވާލުވުމާއެކު، މި ބަަނދަރުން 2025 އޯގަސްޓް 1 ވަނަ ދުވަހުން ފެށިގެން ޚިދުމަތް ދޭނީ މާލޭ ނޯތު ހާބާރގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދު ފަހަރަށްކަމަށް ކުންފުނިން މައުލޫމާތު ދެއެވެ. އަދި މި ބަނދަރުން ޚިދުމަތް ހޯދަން ބޭނުންވާ އުޅަނދު ފަހަރުގެ ތެރެއިން، މިހާތަނަށް މާލޭ ނޯތު ހާބަރގައި ރަޖިސްޓްރީކޮށްފައިނުވާ އުޅަނދުތަކަށް މިހާރު ވަނީ ރަޖިސްޓްރީކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.

މީގެ އިތުރުން، 2025 ސެޕްޓެމްބަރ 1 ވަނަ ދުވަހުން ފެށިގެން އަލަށް މާލޭ ނޯތު ހާބަރގެ ދަށަށް ކަނޑައެޅުނު ސަރަހައްދުން ޚިދުމަތް ފޯރުކޮށްދޭނީ މާލޭ ނޯތު ހާބަރ ހިންގުމުގެ އުސޫލުގެ ދަށުންކަމަށާއި، މާލޭ ނޯތު ހާބަރ ހިންގުމުގެ އުސޫލާއި ޓެރިފް މީގެ ކުރިން ގެޒެޓު ކޮށްފައިވާނެކަމަށްވެސް އެމްޕީއެލްއިން ވަނީ ފާހަގަކޮށްފައެވެ.

މި ބަދަލާއި ގުޅިގެން ޚިދުމަތް ހޯއްދަވާ ފަރާތްތަކުން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މާލޭ ނޯތު ހާބަރގެ އޮޕަރޭޝަންސް ނަންބަރ 3006545 އަށް ގުޅުއްވުމަށް އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް