މަސްތުވާތަކެއްޗާއެކު ލ. ގަމުން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ އެރަށުގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. އެގޮތުން ތ. ގާދިއްފުށިން ގަމަށް އަތޮޅު ފެރީގައި މަސްތުވާތަކެތި އެތެރެ ކުރާ ކަމުގެ މައުލޫމާތު ލިބުމާއި އެކީ އިއްޔެ ހިންގި މި އޮޕަރޭޝަނުގައި އޭނާ މަސްތުވާތަކެއްޗާއެކު އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ އިތުރަށް ބަލައި ފާސްކުރުމަށްޓަކައި، ގަން ޕޮލިސް ސްޓޭޝަނަށް ގެންގޮސް ބެލިބެލުމުން ޖުމްލަ 321.40 ގްރާމުގެ މަސްތުވާތަކެތި ވަނީ އޭނާގެ އަތުން ފެނިފައެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިނެއް ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު