Advertisement

ޕިކަޕެއް މަރާމާތު ކުރަން އޮތް ދިވެއްސެއް އޭގެ ދަށުވެގެން މަރުވެއްޖެ

ހުޅުމާލޭގައި ޕިކަޕެއް މަރާމާތުކުރަން އުޅުނު މީހަކު އެ ޕިކަޕުގެ ދަށުވެގެން އިއްޔެ މަރުވެއްޖެއެވެ.

ލުހުން ބުނީ ހުޅުމާޅޭ ސަހަރާ ކައިރީގައި އޮތް ޕިކަޕެއްގެ މަސައްކަތް ކުރުމަށް އެ ޕިކަޕު ދަށަށް ވަދެ އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓިގެން، އެ ކަމުގެ ރިޕޯޓު އިއްޔެ ހެނދުނު، 11:05 ހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ.

Advertisement

އެ މީހާ މަރުވެފައިވާ ކަމުގެ މައުލޫމާތު ހުޅުމާލޭ ހޮސްޕިޓަލުން ފުލުހުންނަށް ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މަރުވީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ