Advertisement

ދެކޮޅަށް ދުއްވޭ ގޮތަށް ބާޒާރުމަތީ މަގު ފުޅާކޮށް އާންމުންނަށް ހުޅުވާލައިފި

ބޮޑުތަކުރުފާނުމަގުގެ ބާޒާރު ފަޅި ފުޅާކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ތަރައްޤީކުރި ދެވަނަ ފިޔަވަހި ހުޅުވައިފިއެވެ.

ދެވަނަ ފިޔަވަހީގެ ދަށުން ތަރައްޤީކޮށްފައި ވަނީ ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާރބަރާ ހަމައަށެވެ.

Advertisement

މިީގެ ކުރިން މި މަޝްރޫޢުގެ ދަށުން ރަސްމީފާލަން ހިމެނޭ ސަރަހައްދު ވަނީ ތަރައްޤީކޮށް، މި ދިޔަ ޑިސެންބަރުގައި އާންމުންނަށް ހުޅުވައިލައިފައެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢޫގެ އަގަކީ 144 މިލިއަން ދިވެހި ރުފިޔާއެވެ. މުޅި މި މަޝްރޫޢު އެއްކޮށް ނިންމުމުގެ އަމާޒަކީ 455 ދުވަހެވެ. މަޝްރޫޢު ބަހައިލެވިފައި ވަނީ ޖުމްލަ ފަސް ފިޔަވައްސަކަށެވެ.

ތަރައްޤީކުރި މަގުގައި މިހާރު ޖުމްލަ ހަތަރުލޭން އޮވެއެވެ. އަދި މި މަގުގައި މިހާރު ދެކޮޅަށް ދުއްވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ