“ހިންގަވާ ތިޔަބޭފުޅުން ޕީއެންސީގެ މި ޓީމު ކައުންސިލަށް ނަގަން، ނަގާފައި ޓެސްޓު ކޮށްލަން. އަޅުގަނޑު ސަތޭކަ ޕަސެންޓު ޔަގީންކަން ދެން ﷲ ގެ ރަހުމަތްފުޅާ އެކު ތިޔަބޭފުޅުންނަށް މި ޓީމު ވެގެން ދާނީ މިއަދުގެ ސަރުކާރާ ގުޅިގެން މި ސިޓީގައި ކުރަން މި ހުރި ހުރިހާ މަސައްކަތެއް ނިންމައިދޭނެ ކައުންސިލަކަށް،” ފަލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މި ފަހަރުގެ ލޯކަލް އިންތިހާބަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ބައެއް ދާއިރާތަކަށް ވާދަކުރާނެ މީހުން ނެތިގެން “ފްރީ” ގޮނޑިތައް ވެސް މިހާރު ޕީއެންސީއަށް ލިބިފައިވާ ކަމަށެވެ.

“ﷲ އިރާދަކުރެއްވިއްޔާމު މި އިންތިހާބު މާތް ﷲ ގެ ތަނަވަސް ރަހުމަތުން ޕީއެންސީން ކާމިޔާބު ކުރާނީ 80 ޕަސެންޓުން މަތިން،” ވަރަށް ޔަގީންކަމާ އެކު ފަލާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޕީއެންސީއަކީ “ވަރުގަދަ ލީޑަރެއް” ހުންނެވި “ސަޅި ޕާޓީއެއް” ކަމަށާއި ޕީއެންސީ އަށް ދައުލަތުން ދޫކުރާ ފައިސާ ވެސް ހަރަދު ކުރަނީ ޖަގަހަތައް ހެދުމާއި ސިޔާސީ ހަރަކާތްތަކަށް ކަމަށެވެ.
“އެހެންވީމާ އަޅުގަނޑުމެންނަށް ލޯކަލް ކައުންސިލް އިންތިހާބު ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ދޭންޖެހޭ،” އޭނާ ވިދާޅުވި އެވެ.