Advertisement
ބީއެމްއެލްގެ އެހީގައި ކާށިދޫގައި ހަދާފައިވާ ބާބަކިއު ސަރަހައްދު. ފޮޓޯ: ބީއެމްއެލް

ކާށިދު އާއި ފަރުމުލީގައި ރިސޯޓު ހަދާނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފި

ކ. ކާށިދޫ ފަޅުގައި ރިސޯޓު ތަރައްގީކުރާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.

މިނިސްޓްރީން ބުނީ ކާށިދު އާއި ނ. ފަރުމުލީގައި ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަށް ހުޅުވާލާ ކަމަށެވެ.

Advertisement

އެކަމަށް ޝައުގުވެރިވާ ނަމަ، އަންނަ މަހުގެ 16 ވާ ހޯމަ ދުވަހުގެ 10:00 އަދި މާޗު 3 ގައި ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބީލަން ހުށަހަޅަން އެދިފައިވެ އެވެ.

ބީލަމަށް ހުޅުވާލީ ކާށިދޫ ފަޅުން 10 ހެކްޓަރުގެ ރަށެއް ހިއްކައިގެން ރިސޯޓެއް ތަަރައްގީކުރުމަށާއި ފަރުމުލިން 71.18 ހެކްޓަރުގެ ފަޅުގެ ސަރަހައްދަކާ އެކު 15 ހެކްޓަރަށް ވުރެ ބޮޑުނޫން ރަށެއް ހިއްކައިގެން ރިސޯޓެއް ހެދުމަށެވެ.

ބީލަން ހުށަހެޅުމުގެ ފަހު މުއްދަތަކީ އޭޕްރީލް 1 ވަަނަ ދުވަހުގެ ހެނދުނު 10:00 އެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލު މިނިސްޓްރީގެ ވެބްސައިޓުގައި ވަނީ އާއްމުކޮށްފަ އެވެ.

ކާށިދޫ ފަޅުގައި ރިސޯޓެއް ހަދަން އަނެއްކާ ވެސް އިއުލާނުކުރިއިރު މިދިޔަ އަހަރުގެ އޭޕްރީލް ހިސާބުގައި ވެސް އެ ރަށު ފަޅުގައި ރިސޯޓު ހަދަން ބީލަމަށް ހުޅުވާލި އެވެ. އޭގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އެ ކަމަށް ހުޅުވާލި އެވެ.

އެތަނުގައި ރިސޯޓު ހެދުމަށް އެންމެ ދަށްވެގެން ލޭންޑް އެކުއިޒިޝަން ކޯސްޓެއްގެ ގޮތުގައި 2.2 މިލިއަން ޑޮލަރު (34 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހެ އެވެ.

ނ. މާފަރު ފަޅު ތެރޭގައި އޮންނަ ފަރުމުލީގައި ވެސް ރިސޯޓެއް ހިންގާނެ ބަޔަކު ހޯދަން މީގެ ކުރިން އިއުލާނުކޮށްފައިވެ އެވެ.

ފަރުމުލީގައި ރިސޯޓެއް ހަދައި މާފަރާއި ނ. އަތޮޅަށް އިގްތިސާދީ ކުރިއެރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރައީސް މުއިއްޒު ވަނީ ފަރުމުލިއަކީ މާފަރުގެ އިހްތިސާސްގައި ނުހިމެނޭ ރަށެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ