Advertisement

ފަތުރުވެރިކަމުގެ މާކެޓުގައި ޗައިނާ ވައްޓައިލުމަށްފަހު އެއްވަނައަށް ރަޝިއާ

މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި އެއްވަނައިގައި އޮތް ޗައިނާ ވައްޓައިލުމަށްފަހު، މި އަަހަރުގެ މިހާތަނަށް ރަޝިއާ އެއްވަނައަށް ޖެހިލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މި މަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެހާތަނަށް ޖުމްލަ 149،447 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެއީ މިދިޔަ އަހަރަށްވުރެ ހަތް ޕަސެންޓު އިތުރުވުމެކެވެ.

Advertisement

ވަކިވަކި ގައުމުތަކަށް ބަލާނަމަ އެއްވަނައިގައި އުޅެނީ ޔޫރަޕްގެ މާކެޓެވެ. އެގޮތުން ޗައިނާ ފަހަތަށް ޖައްސަައިލުމަށްފަހު ރަޝިއާ ވަނީ އެއްވަނައަށް އަރައިފައެވެ. ރަޝިއާއިން ޖުމްލަ 21،798 ފަތުރުވެރިން އައި އިރު، އެއީ ޖުމްލަ އަދަދުގެ 14.6 ޕަސެންޓެވެ.

ދެވަނައިގައި އުޅެނީ 16،364 ފަތުރުވެރިންނާ އެކު އިޓަލީއެވެ. ތިންވަނައިގައި އިނގިރޭސިވިލާތް އޮތްއިރު، ޗައިނާ އުޅެނީ 10،924 ފަތުރުވެރިންނާއެކު ހަތަރުވަނައިގައެވެ. ފަސްވަނައިގައި ޖަރުމަނު އޮތްއިރު، ރާއްޖެއާ އަވައްޓެރި އިންޑިއާ އުޅެނީ ހަވަނައިގައެވެ.

ޗައިނާގެ މާކެޓު ކުއްލިއަކަށް ދަށްވެފައިވަނީ ކޮވިޑަށްފަހު ބޯޑަރުތައް ހުޅުވިފަހުން މަޑުމަޑުން އިތުރުވަމުން އައިސް، މިދިޔަ އަހަރު އަލުން އެއްވަނައަށް އަރައިފައިވަނިކޮށެވެ.

މިދިޔަ އަހަރު ޖުމްލަ 2.2 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ