Advertisement
ސްޓެލްކޯއިން އއ. މަތިވެރިއަށް ގެނައި ޖެންސެޓު ގުޅައި ކޮމިޝަންކުރުމުގެ މަސައްކަތް ކުރަނީ --- ފޮޓޯ: ސްޓެލްކޯ

ރޯދަ މަހަށް ތައްޔާރުވާން ސްޓެލްކޯއިން ރަށްރަށަށް ޖެންސެޓުތައް ގެންގޮސް ގުޅަނީ

ކުރިއަށް އޮތް ރަމަޟާން މަހަށާއި ޕީކް ސީޒަނަށް ތައްޔާރުވުމަށްޓަކައި ސްޓެލްކޯއިން ރަށްރަށަށް ޖެންސެޓުތައް ގެންގޮސް ގުޅުމުގެ މަސައްކަތް ފަށައިފިއެވެ.

ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން 12 ރަށަކަށް ޖެންސެޓުތައް ފޮނުވުމަށް މަސައްކަތްކުރަމުން އަންނަކަން ސްޓެލްކޯއިން ހާމަކުރީ މިދިޔަ ހޯމަ ދުވަހެވެ.

Advertisement

އޭގެ ފަހުން މި ވޭތުވެދިޔަ ދުވަސްތަކުގައި ސްޓެލްކޯއިން ވަނީ އެކި ރަށްރަށަށް ޖެންސެޓުތައް ގެންގޮސް ގުޅުމުގެ މަސައްކަތްކޮށްފައެވެ.

އެގޮތުން ކ. ގުރައިދުއާއި އއ. ތޮއްޑުއާއި އެ އަތޮޅުގެ އުކުޅަހަށް އެއް މެގަވަޓުގެ ޖެންސެޓުތައް ގެންގޮސް ގުޅައި ބޭނުންކުރަން ވަނީ ފަށައިފައެވެ. އެ ރަށްތަކުގެ އިތުރުން އއ. މަތިވެރިއާއި ވ. ތިނަދުއަށް 600 މެގަވަޓުގެ ޖެންސެޓުތައް ގެންގޮސް ގުޅައި، ބޭނުންކުރަން ފަށައިފައިވެއެވެ.

އޭގެ އިތުރުން މިމަހުގެ 14ވަނަ ދުވަހު ވިލިމާލެއަށް 1.2 މެގަވަޓުގެ ޖެންސެޓެއް ގެންގޮސް ގުޅައި، ބޭނުންކުރަން ފަށައިފައިވާ ކަމަށްވެސް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ