Advertisement

މޯލްޑިވިއަންއިން މި މަހުގެ ފަހުކޮޅު އުމްރާ ދަތުރުތައް ފަށަނީ

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން މި މަހުގެ ފަހުކޮޅު އުމްރާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ްެއެ އެއާލައިން ހިންގަމުންގެންދާ އައިލެންޑް އޭވިއޭޝަނުން ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަންގެ މީޑިއާ އޮފިޝަލަކު “ވަގުތަށް” ވިދާޅުވީ އެ އެއާލައިނުން މި މަހުގެ ފަހުކޮޅު އުމްރާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement

އެގޮތުން ހައްޖު ކޯޕަރޭޝަންގެ ފަރާތުން އުމުރާއަށް މީހުން ގެންދިއުމުގެ ދެ ދަތުރާއި އަލް މުސާފިރު ގުރޫޕުން މީހުން ގެންދިއުމުގެ އެއް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އެ ދަތުރުތައް ކުރާނީ މި މަހުގެ 22 އަދި 27 ވަނަ ދުވަހެވެ.

” ހުރިހާ ފަރާތްތަކަށް ވެސް އެބައޮތް ހަމަ އުމުރާއަށް މީހުން ގެންގޮސްދިނުމަށް ރިކުއެސްޓްކުރުމުގެ ފުރުސަތު. މިހާރު ވެސް ވަރަށް ގިނަ ފަރާތްތަކުން އެދެމުންދަނީ.” އޮފިޝަލު ވިދާޅުވިއެވެ.

އޮފިޝަލު ވިދާޅުވީ ރިކުއެސްޓްތައް ލިބެމުންދާ ވަރަކުން އުމްރާއަށް މީހުން ގެންގޮސްދިނުމުގެ ދަތުރުތައް ކޮށްދޭނީ އެ އެއާލައިންގެ އޮޕަރޭޝަންތަކަށް ބަލާފައި ބުރޫ ނާރާ ގޮތަކަށް ކަމަށެވެ.

މި މަހުގެ ފަހު ކޮޅު ތިން ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު އެއަށްފަހުގައި އުމްރާއަށް އިތުރު ދަތުރުތައް ކޮށްދޭނެ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

މޯލްޑިވިއަންއިން އުމްރާ ދަތުރުކުރަނީ މިއަހަރު އެ ކުންފުންޏަށް ގެނައި ވައިޑް ބޮޑީ މަތިންދާބޯޓުގައެވެ. މިއަހަރުގެ ތެރޭގައި އިތުރު ވައިޑް ބޮޑީ މަތިންދާބޯޓެއް ގެނައުމަށް އެ ކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ.

މޯލްޑިވިއަންއިން ވަނީ ނިދިމިޔަ ހައްޖު ސީޒަންގައި ވެސް ހައްޖުވެރިންގެ ދަތުރުތައް ކޮށްދީފައެވެ. އަދި ސަރުކާރުން ވަނީ ކުރިއަށް އޮތްތާގައި ހައްޖުވެރިންގެ ދަތުރުތައް ކުރާނީ މޯލްޑިވިއަންއިން ކަމަށް ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ދައުލަތުގެ އާމްދަނީ 12 އިންސައްތަ އިތުރުވެއްޖެ

މޯލްޑިވްސް ޕްރީމިއާ ބޭންކަށް ބޭންކިންގ ލައިސަންސް އެމްއެމްއޭ އިން ދީފި

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގުތިސާދީ ކުރިއެރުން މަޑުޖެހޭނެ ކަމަށް އޭޑީބީން ލަފާކޮށްފި

އެސްއެމްއީ ވިޔަފާރިތަކަށް އާ ލޯން ސްކީމެއް ތައާރަފުކޮށްފި