Advertisement

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ގެ މަގާމަށް ޝާކިރު އިންތިޚާބު ކޮށްފި

ދިވެހިބަހުގެ އެކެޑަމީގެ ރައީސްގެ މަގާމަށް ހަސަން ޝާކިރު މުހައްމަދު އިންތިޚާބު ކޮށްފި އެވެ.

އެ މަގާމަށް ޝާކިރު އިންތިޚާބު ކޮށްފައި ވަނީ މިދިޔަ މަހު 31 ވަނަ ދުވަހު ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ގެ މަގާމުގައި ކުރިން ހުންނެވި ޑރ. އަޝްރަފް އަބްދުއްރަހީމް އިސްތިއުފާ ދެއްވުމުންނެވެ.

Advertisement

ހެރިޓޭޖް މިނިސްޓްރީގައި ހޯމަ ދުވަހު ބޭއްވި ދިވެހިބަހުގެ އެކެޑަމީގެ މެންބަރުންގެ ބައްދަލުވުމުގައި ރައީސަކު ހޮވަން ނެގި ސިއްރު ވޯޓުގައި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ފަސް މެންބަރުން ވެސް ވޯޓު ދެއްވީ ޅެންވެރިޔާ ޝާކިރަށެވެ.

އެ މަގާމަށް ޝާކިރު އައްޔަނު ކުރުމަށް އޭނާ ގެ ނަން އެކެޑަމީ އަށް ފޮނުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އެއާއެކު އެކެޑަމީގައި ތިއްބަވާ 5 މެންބަރުން ވެސް ވޯޓު ދެއްވީ އެ މަގާމަށް ޝާކިރު އައްޔަނު ކުރުމަށް ފެންނަ ކަމަށެވެ.

ޝާކިރު އެންމެ ފަހުން ހުންނެވީ އިންފޮމޭޝަން ކޮމިޝަން (އައިކޮމް) ގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ. އޭގެ ކުރިން ޝާކިރު ވަނީ މީޑިއާ ކައުންސިލްގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.

1998 ވަނަ އަހަރު އާންމު ޚިދުމަތު ގެ ހިތްވަރު ދިނުމު ގެ ގައުމީ އިނާމް ވެސް ލިބިވަޑައިގެންފައިވާ ޝާކިރަށް 2007 ވަނަ އަހަރު ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިންނާއި ދިވެހިބަހުން ވާހަކަ ދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމުގެ އިތުރުން 2022 ގައި ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ގައުމީ އިނާމު ލިބިވަޑައިގެންފައި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ