Advertisement

ކޮންމެހެން ބޭނުން ޖެހިގެން ނޫނީ ހޮސްޕިޓަލަށް ނުދިޔުމަށް އައިޖީއެމްއެޗުން އެދިއްޖެ

މި ދުވަސްވަރު އަރިދަފުސް ރޯގާ، ބޭރަށް ހިންގުން އަދި ޑެންގީހުން އިތުރުވަމުން ދިޔުމާ ގުޅިގެން ، ކޮންމެހެން ބޭނުން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން އިލްތިމާސްކޮށްފިއެވެ.

އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ، ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ، އަމަލުކުރުން މުހިންމު ގިނަ ކަންތައްތަކެއް އާންމުންގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. އޭގެ ތެރޭގައި ރޯގާގެ އަލާމަތެއް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް އެދި ހޮސްޕިޓަލަށް ވަޑައިގަންނަވާއިރު މާސްކް އެޅުމާއި އުމުރުން ދުވަސްވީ މީހުން، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުން، ކުޑަކުދީން ، މާބަނޑުމީހުން އަދި ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށް ޚާއްޞަ ސަމާލުކަމެއް ދިނުމާއި ސާފުތާހިރުކަމަށް އިސްކަން ދިނުމާއި ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުން ނުވަތަ ހޭންޑް ސެނިޓާއިޒަރ ބޭނުންކުރުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

މީގެ އިތުރުން މަދިރި އާލާވާ ފަދަ ފެން ހަރުލާ ތަންތަން ނައްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް އެ ހޮސްޕިޓަލުން އެދެއެވެ.

ހުމާއި ރޯގާ ފެތުރުން އިތުރުވެފައިވާ ވާތީ އެކަމަށް ހާއްސަކޮށްގެން އައިޖީއެމްއެޗްގައި ވަނީ ފްލޫ ކްލިނިކެއް ވެސް ހުޅުވައިފަ އެވެ. ޑޮކްޓަރަށް ދެއްކުމާއި ލޭ ނެގުމުގެ ހިދުމަތް ދޭ އެ ކްލިނިކުން ކޮންމެ ދުވަހެއްގެ ހެނދުނު 10އިން ރޭގަނޑު 10 ޖަހަންދެން ޚިދުމަތް ދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ