Advertisement

ޝިޕްމަންޓެއްގައި ގިނަ އަދަދެއްގެ ޑުރަގު އެތެރެކުރި ކުންފުންޏެއްގެ ވެރިޔަކު ހައްޔަރުކޮށްފި

ޝިޕްމަންޓެއްގައި ގިނަ އަދަދެއްގެ ޑުރަގު އެތެރެކުރި ކުންފުންޏެއްގެ ވެރިޔަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ގދ.ތިނަދޫ/ގޯލްޑަން ހައުސް، މުހައްމަދު އާދިލް(57އ.) އެވެ.

Advertisement

ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އޭނާގެ ގެ ނަމުގައިވާ ކުންފުންޏެއްގެ ނަމުގައި އެތެރެކުރި ޝިޕްމަންޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެެ. އެހެން ނަމަވެސް އޭގެ ތަފްސީލެއް ބަންދު އަމުރުގައި ހާމައެއް ނުކުރެެއެވެ.

އެ ކުންފުންނަކީ އުވާލުމުގެ މަރުހަލާގައި އޮތް ކުންފުންޏެއް ކަމަށާއި އަދި އެ ކުންފުނި ވިއްކާލަން އުޅެނީ އެ މައްސަލައިގައި ދެން ތުހުމަތު ކުރެވޭ ފަރާތަށް ކަމަށެވެ.

އޭނާގެ މައްޗަށް 10 ދުވަހުގެ ބަންދުގެ މުއްދަތު ޖެހިއިރު ތުހުމަތުތަކަށް ބާރުލިބޭ ވަރަށް ކަސްޓަމްސްގެ ލިޔުންތަކާއ،ި ފުލުހުންގެ ބަޔާންތަކާއ،ި ފޮޓޯ ރިޕޯޓު އަދި އެހެނިހެން ހެކި ގަރީނާ ހުށަހަޅާފައިވާކަމަށް ވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ