Advertisement

ޓިކްޓޮކް އަމްޖު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ޓިކްޓޮކުގައި މަގްބޫލު އަލީ އަމްޖަދު (އަމްޖު) ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ އެވެ.

ށ. ފޯކައިދު އަށް އުފަން އަމްޖަދު ނިޔާވެފައިވާކަން އައިޖީއެމްއެޗުން ދެންމެ ކަށަވަރު ކޮށްދިނެވެ. އެކަމަކު މަރުވި ސަބަބެއް އަދި ނޭނގެ އެވެ.

Advertisement

އެނގިފައިވާ ގޮތުގައި އަމްޖު ފެނުނީ މަސައްކަތް ކުރާ ސަޕްލައި ދޯނީގެ ވަތަށް ވެއްޓިފައި އޮއްވަ އެވެ. އޭނާ ތިލަފުށިން އައިޖީއެމްއެޗަށް ގެންގޮސްފައިވާ އިރު، އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފައި ކަމަށް ވެ އެވެ.

އަމްޖުއަކީ ޓިކްޓޮކުގައި ވަރަށް އެކްޓިވްކޮށް އުޅުނު މީހެކެވެ. ލައިވްތަކުގައި ގިނަ ބަޔަކާ އޭނާ ވާހަކަ ދައްކަ އެވެ.

އަމްޖު ނިޔާވިއިރު އޭނާ އުޅުނީ ޓިކްޓޮކުން ގިނަ ބަޔަކު ދަންނަ ހަބީބާއާ ކައިވެނި ކޮށްގެންނެވެ. އަދި އެހެން މީހަކާ ކުރި ކައިވެންޏަށް އޭނާގެ ދަރިއަކު ވެސް ހުރެ އެވެ.

އަމްޖުއަކީ ރާއްޖެ އަށް ޓިކްޓޮކް ތައާރަފުވި ދުވަސްވަރުން ފެށިގެން އެ ޕްލެޓްފޯމްގައި އެންމެ ހިނގާ އަދި އެންމެ މަޝްހޫރު އެއް މޫނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ