Advertisement

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އަވަހާރަވުމާ ގުޅިގެން ޢަބްދުﷲ ޝާހިދު ތައުޒިޔާ ފޮތުގައި ސޮއި ކުރައްވައިފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިއާ 30 ޑިސެންބަރުގައި އަވަހާރަވުމާ ގުޅިގެން، އެކަމަނާގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ފޮތުގައި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު ސޮއިކުރައްވައިފިއެވެ.

ޢަބްދުﷲ ޝާހިދު ތައުޒިޔާ ފޮތުގައި ސޮއި ކުރައްވަނީ—-

މިއަދު މާލޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަނަށް ވަޑައިގެން ތައުޒިޔާގެ ފޮތުގައި ސޮއިކުރެއްވުމަށްފަހު، ޝާހިދު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓުގައި ޝާހިދު ވިދާޅުވީ، ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިއާ އަވަހާރަވުމާ ގުޅިގެން، އެކަމަނާގެ ހަނދާނުގައި ބަންގްލަދޭޝް ހައިކޮމިޝަންގައި ހުޅުވާފައިވާ ތައުޒިޔާގެ ފޮތުގައި ސޮއިކުރައްވާފައިވާ ކަމަށެވެ.

Advertisement

ޝާހިދުގެ މެސެޖުގައި އިތުރަށް ވިދާޅުވީ، މާތް الله އެކަމަނާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވައި، މި ފުން ހިތާމައިގެ ވަގުތުގައި އެކަމަނާގެ އާއިލާއަށާއި ބަންގްލަދޭޝްގެ އެންމެހައި ރައްޔިތުންނަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާކުރައްވާ ކަމަށެވެ.

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު އަވަހާރަވުމާ ގުޅިގެން ދިވެހިރާއްޖޭގެ ސިޔާސީ އިސް ބޭފުޅުންނާއި އާންމުން ދަނީ އެ ގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުވަމުންނެވެ. ބަންގްލަދޭޝް އަކީ ދިވެހިރާއްޖެއާ ގާތް ގުޅުމެއް ބާއްވާ ގައުމެކެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ