Advertisement

އަނެއްކާވެސް ދެބެންގެ ދެމެދުގައި މާރާމާރީއެއް، އެކަކު ހައްޔަރުކޮށްފި

އަނެއްކާ ވެސް މާލެ ސަރަހައްދުގައި ދެބެންގެ ދެމެދުގައި މާރާމާރީއެއް ހިންގައިފި އެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މާލޭގެ ގެއެއްގައި ދެބެންގެ ދެމެދު މާރާމާރީއެއް ހިނގި ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 6:42 ހާއިރު ކަމަށެވެ. އެތަނުން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވެ އެވެ.

Advertisement

އަނިޔާވި މީހާއަށް ލިބުނު އަނިޔާގެ އެއްވެސް ތަފުސީލެއް ފުލުހުން ނުދިނަސް އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ބުންޏެވެ.

މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 28، އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މި މަހުގެ 21، ގައި ވެސް ދެބެންގެ ދެމެދު މާރާމާރީއެއް ހިނގާފައިވެ އެވެ. އެ ފަހަރު މާރާމާރީ ހިންގީ ހިޔާ ފުލެޓެއްގެ ތެރޭގަ އެވެ.

އެ މާރާމާރީގައި ހަމަލާދީފައިވަނީ އެ މީހާގެ ފައިގެ ފަލަމަސްގަޑަށެވެ. ހަމަލާގައި އޭނާގެ ފައި ވަރަށް ފުންކޮށް ކަފައިގެންގޮސް މައި ނާރު ބުރިވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށް ވެސް ފުލުހުން އޭރު ބުންޏެވެ.

ނަމަވެސް، އެ ފަހަރު ހަމަލާދިން މީހާ ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ