Advertisement
ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންތަކެއް.-- ފޮޓޯ: ޕޮލިސް

ޑްރަގާ ދެކޮޅު އޮޕަރޭޝަންތަކެއްގައި މާލެއިން 12 މީހުން ހައްޔަރު ކޮށްފި

މާލޭގައި ހިންގި ޑްރަގްގެ އޮޕަރޭޝަންތަކެއްގައި ކިލޯއަކަށްވުރެ ގިނަ ޑްރަގާއެކު 12 މީހުން ހައްޔަރުކޮށްފި އެވެ.

މިދިޔަ އާދިއްތަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހަތަރު މީހުން ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ.

Advertisement

އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ:

– އއ. މާޅޮސް / ޗާންދަނީގެ، އަލީ ސައިފު (27)

– ލ. ގަން / މުކުރިމަގު، އޯޝަންރީޑް، އަހުމަދު ނިޒާމް (30)

– އއ. މާޅޮސް / ނޫމާގެ، އަހުމަދު ޝާމިލް (28)

– ސ. ހިތަދޫ / ބޯށިވަލުގެ، ހުސައިންދީދި (45)

ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންތަކެއް.– ފޮޓޯ: ޕޮލިސް

ފުލުހުން ބުނީ އެ ހަތަރު މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ޑްރަގް ކަމަށް ބެލެވޭ 5.23 ގުރާމް ހުރި ތަކެއްޗާއި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 10،000 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަހުމަދު ނިޒާމް އަށް ހަތް ދުވަސް އަދި ދެންތިބި ތިން މީހުންގެ ބަންދަށް ފަސް ދުވަސް ވަނީ އިތުރުކޮށްދީފަ އެވެ.

މީގެއިތުރުން، އިއްޔެ ހިންގި އޮޕަރޭޝަނުގައި މާލޭގެ ހަތް އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވެ އެވެ. އެ އޮޕަރޭޝަންތަކުގައި އަށް މީހުން ހައްޔަރު ކޮށްފައިވެ އެވެ.

އެ އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައިވަނީ

– މއ. ގުލްބަކާގެ / މާލެ، އަހުމަދު ޒިޔާން (48)

– ހ. ބްލޫސްކޫޕް / މާލެ، ޒުހުރާ އަބްދުއްލަތީފް (54)

– މ. ދޮއްތަޑަފިގެ / މާލެ، އިސްމާއީލް އައިކް މުހުއްމަދު (19)

– ހ. ހުދުކެލާ / މާލެ، އިސްމާއީލް ރަޝީދު (53)

– މ. ރަނިކަ / މާލެ، ހަސަން ހަލީމް (42)

– މ. ރަނިކަ / މާލެ، އާޝިޔާ ހަލީމް (51)

– މއ. އައިރީ / މާލެ، އަލީ އީވާން (43)

– އެތުމާގެ / ގދ. ގައްދޫ، އާއިޝަތު ނަޒުމާ (44)

ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރި މީހުންތަކެއް.– ފޮޓޯ: ޕޮލިސް

ފުލުހުން ބުނީ އެ އެންމެން ވެސް ހައްޔަރުކޮށްފައިވަނީ ޑްރަގް ބޭނުންކޮށް، އެ ތަކެތި ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިސްމާއީލް އައިކް މުހައްމަދަށް ގަސް ދުވަހަށް އަދި ދެންތިބި ހަތް މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ