Advertisement

4 ފުރޮޅުލީ އުޅަނދު ޕާކުކުރަން ހުޅުމާލޭގައި ވަގުތީ އިތުރު ޕާކިން ޒޯނުތަކެއް

ހަތަރު ފުރޮޅުލީ އުޅަނދުތައް ހުޅުމާލޭގައި ޕާކުކުރެވޭނެ ވަގުތީ ޖާގަތަކެއް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިތުރު ޒޯންތަކެއް ކަނޑައަޅައިފި އެވެ.

އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ވަގުތީ ޕާކިން ޒޯންތަކެއް ހެދީ ހުޅުމާލޭގެ ޓްރެފިކް ފްލޯ ރަނގަޅުކޮށް، މަގުތަކުގައި އުޅަނދުތައް ޕާކުކުރުމުގެ ސަބަބުން ދިމާވާ ތޮއްޖެހުން ކުޑަކުރުމަށެވެ.

Advertisement

އެޗްޑީސީން ބުނީ އެ ޕާކިން ޒޯންތަކުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެ، އުޅަނދުތަކަށާއި މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ވެސް ލުއިފަސޭހަވެ، ލިބޭ ރައްކާތެރިކަން ބޮޑުވާނެ ކަމަށެވެ.

ޕާކު ކުރަން ހުޅުވާލާފައިވާ ޖާގަތަކުގައި 1،964 އުޅަނދު ޕާކު ކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ވަގުތީ ޕާކިން ކަނޑައަޅާފައިވާ ސަރަހައްދުތަކަކީ:

– މަސްޖިދުލް ވާލިދައިން ކައިރި ސަރަހައްދު: 115 ޖާގަ

– ގާޒީ ސްކޫލު ސަރަހައްދު: 254 ޖާގަ

– ހިޔާ ޓަވަރު-16 ސަރަހައްދު: 1،233 ޖާގަ

– ވިނަރެސް ސަރަހައްދު: 362 ޖާގަ

މާލެ ސަރަހައްދުގައި ޕާކިން މައްސަލަ ބޮޑެވެ. މިކަމަށް ދިމާވެފައިވާ ދަތިތައް ދާއިމީ ގޮތެއްގައި ހައްލު ކުރަން މާލޭ ސަރަހައްދުގައި ޕާކިން އަށް ހާއްސަ ބިލްޑިންތަކެއް އިމާރަތްކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ