Advertisement
ލެބޯޓްރީ ހުޅުވުމުގެ ރަސްމިއްޔާތު ގެ ތެރެއިން--- ހަވާސާ ފޮޓޯ: އަހްނަފް

ބަރަކާ ޗެރިޓީގެ ދީލަތި އެހީގައި ކ. ގުޅީ ސިއްހީމަރުކަޒުގައި ލެޓޯޓްރީ ހުޅުވައިފި

ބައިނަލްއަޤުވާމީ މަދަނީ ޖަމިއްޔާއެއް ކަމަށްވާ ބަރަކާ ޗެރިޓީގެ ހިލޭ އެހީގައި ކ. ގުޅީ ސިއްހީމަރުކަޒުގައި ބިނާކުރި މެޑިކަލް ލެބޯޓްރީ އިއްޔެ ހަވީރު ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފި އެވެ.

މި މެޑިކަލް ލެބޯޓްރީ ހުޅުވައިދެއްވީ ސިއްޙަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް އެވެ. މި ރަސްމިއްޔާތުގައި އެ ވުޒާރާގެ އިސްވެރިންނާއި، ހުރާ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޑރ. އަނާރާ ނަޢީމް އާއި ބަރަކާ ޗެރިޓީ މޯލްޑިވްސްގެ ރައީސް އަޙްމަދު ޒަކީގެ އިތުރުން ސިއްހީމަރުކަޒުގެ ވެރިންނާއި، ރަށުގެ ވެރިންނާއި، އަތޮޅުގެ ވެރިންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގަތެވެ.

Advertisement

މި މަޝްރޫޢުގެ ދަށުން ކ. ގުޅީ ސިއްޙީމަރުކަޒަށް އިތުރުކުރެވުނު ބައިގާ ލެބޯޓްރީއެއްގެ އިތުރުން މެޑިކަލް ސްޓޯރޭޖެއްގެ އިތުރުން ބަލިމީހުންނަށް ޚާއްސަ ފާޚާނާއެއް ވެސް ހިމެނެއެވެ. މި ލެބޯޓްރީ ހުޅުވުމާއެކު އާންމުކޮށް ހަދަން ޖެހޭ ހުރިހާ ޓެސްޓްތަކެއް ވެސް ގުޅީ ސިއްހީމަރުކަޒުން ހެދޭނެއެވެ. އަދި ލެބޯޓްރީ ހުޅުވުމުގެ ކުރިން ސިއްޙީ ވުޒާރާއިން ވަނީ ދާއިމީ ލެބް ޓެކްނީޝަނެއް ހަމަޖައްސަވާފައެވެ.

ލެބޯޓްރީ ހުޅުވުމުގެ ރަސްމިއްޔާތު ގެ ތެރެއިން— ހަވާސާ ފޮޓޯ: އަހްނަފް

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް ވިދާޅުވީ، މިއީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ގިނަ ބަޔަކު ބައިވެރިވެގެން ފުރިހަމަ ވެގެންދިޔަ ނަމޫނާ މަސައްކަތެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ޚާއްސަ ޝުކުރާއި ހެޔޮ ދުޢާ އާއި ތަޢުރީފު ބަރަކާ ޗެރިޓީއަށް ދަންނަވާފައި ވެއެވެ.

މި ޙަފުލާގައި ވަޒީރުގެ އިތުރުން ބަރަކާ ޗެރިޓީ މޯލްޑިވްސްގެ ރައީސް އާއި ހުރާދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ ޢިއްޒަތްތެރި މެންބަރު ޑރ. އަނާރާ ނަޢީމްގެ އިތުރުން ސިއްޙީމަރުކަޒުގެ ސީނިޔަރ ޕޮލިޓިކަލް ޑިރެކްޓަރ ޢަލީ ޔާމީން ވާހަކަދައްކަވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ