Advertisement

ޗައިނާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޗައިނާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އިންޑިއާގެ ބިންހެލުންތައް މޮނިޓާ ކުރަމުން އަންނަ އިދާރާއެއް ކަމަށްވާ ނޭޝަނަލް ސެންޓާ ފޯ ސިސްމޮލޮޖީއިން ބުނި ގޮތުގައި ބިންހެލުން އައިސްފައިވަނީ 6.2 މެގްނިޓިއުޑް ބާރުމިނުގައި ޗައިނާގެ ޒިންއިއަން ސަރަހައްދަށް ކަމަށެވެ.

Advertisement

އެ ބިންހެލުން އައިސްފައިވަނީ ބިމުގެ 10 ކިލޯ މީޓަރު އަޑިން ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

އެ އިދާރާއިން ބިންހެލުން އައިސްފައިވަނީ 6.2 މެގްނިޓިއުޑް ބާރުމިނުގައި ކަމަށް ރިޕޯޓް ކުރި ނަމަވެސް ޔޫރޯ މެޑިޓޭރިއަން ސިސްމޮލޮޖިކަލް ސެންޓަރުން ބުނީ ބިންހެލުން އައިސްފައިވަނީ 6.4 މެގްނިޓިއުޑް ބާރުމިނުގައި ބިމުގެ 7 ކިލޯމީޓަރު އަޑިން ކަމަށެވެ.

މި ބިންހެލުން އައިސްފައިވަނީ 135،000 މީހުން ދިރިއުޅޭ ޓުމްޒުކް ސިޓީގެ ހުޅަނގުއުތުރުން 154 ކިލޯމީޓަރު ދުރުންނެވެ. އަދި ކިރިގިސްތާނާއި 387 ކިލޯމީޓަރު ދުރުންނެވެ.

މި ބިންހެލުމާއި ގުޅިގެން އެއްވެސް ގެއްލުމެއް ލިބުނު ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ސްޕޭސްއެކްސްގެ އައިޕީއޯއާއެކު އީލޮން މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވެއްޖެ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ