Advertisement
ރާއްޖެ ކައިރީގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑުގެ ސެޓްލައިޓް ފޮޓޯއެއް.

ކޮޅިގަނޑުގެ ބާރުގަދަވެ ކުރިއަށް އޮތް 24 ގަޑިއިރު ބޯކޮށް ވިއްސާރަ ކުރާނެ

ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވެސް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުގެ އޮފިޝަލަކު “ހަވާސާ”އަށް ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރާއި ދެން އަންނަ ތިން ދުވަހު ވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިއްސާރަ އަލިކޮށްލާނެ ކަމަށް ލަފާކުރެވެނީ އަންނަ ހަފުތާގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement

“ކުރިއަށް އޮތް ތިން ދުވަހުގެ ފަހުން އުތުރާއި ދެކުނު ވިއްސާރަ މަޑުކޮށްލާނެ ކަމަށް ބެލެވުނަސް، މެދު ރާއްޖެ ތެރެއަށް ވިއްސާރަ މަޑުކޮށްލާނެ ކަމަށް ލަފާކުރެވެނީ ފަސް ވަރަކަށް ދުވަސް ފަހުން،” އޮފިޝަލް ވިދާޅުވި އެވެ.

މެޓް އޮފީހުން ދެންމެ ވަނީ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް 6:30 އާ ހަމައަށް ޅ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ. ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވެ އެވެ.

އިންޑިއާ އާއި ސްރީ ލަންކާ ކައިރިން ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރުގަދަވަމުން ދާއިރު، އޭގެ ނުސީދާ އަސަރު ރާއްޖެއަށް ދަނީ ކުރަމުންނެވެ. އެ ކޮޅިގަނޑު ކުުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ތޫފާނަކަށް ބަދަލުވުން އެކަށީގެންވާ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ދެންމެ ލަފާކޮށްފައިވެ އެވެ. އަދި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެ ތޫފާން އަރާނެ ކަމަށް އެ އިދާރާއިން މިހާރު ލަފާކުރަނީ އިންޑިއާގެ ޓެމިލް ނާޑު އާއި ޕުންޑުޗަރީގެ ސަރަހައްދަށެވެ.

ބަންގާޅު ކަނޑުގައި އުފެދުނު ދެވަނަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، ދެންމެ އިންޑޮނޭޝިއާއަށް ވަނީ އަރައިފަ އެވެ. “ސެންޔާރް”ގެ ނަން ދީފައިވާ އެ ތޫފާނުގެ އަސަރު ރާއްޖެ އާއި އިންޑިއާ އަދި ލަންކާ ހިމެނޭ ސަރަހައްދަށް ކުރާނެ ކަމަށް ކުރިން ލަފާކުރެވެނު ނަމަވެސް، އޭގެ ނުރައްކާ މި ސަރަހައްދަށް މިހާރު ނެތް ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން މިއަދު ވަނީ ބުނެފަ އެވެ.

ދިވެހި ނަކަތް ކަލަންޑަރުގައިވާ ގޮތުން ހުޅަނގު މޫސުމުގެ އެންމެ ފަހު ނަކަތް ކަމަށްވާ ދޮށަ ނިމޭނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. މިހާރު މި ހިނގާ ނޮރަ ނަކަތުގައި އާންމުކޮށް މޫސުން ރަނގަޅު ވިޔަސް، ދޭތެރެ ދޭތެރެއިން ވިއްސާރަކޮށް، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިޔަސް ވިލާގަނޑުގައި ގަދަވާނެ އެވެ.

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެން ދަނީ ޖެނުއަރީ މަހުން ފެށިގެން މާޗް މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމިގެން ދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާން ފަށާ ދުވަސްވަރެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ