Advertisement

24 އަހަރުގެ އަންހެނަކަށް ޖިންސީ އަނިޔާ ދިން މައްސަލައެއް ބަލަނީ

ފުލުހުންގެ އެހީތެރިކަމަށް އެދިގެން ފުލުހުންގެ އެހީތެރިކަމާއެކު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ 24 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ އަނިޔާ ދީފައި ހުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ހޮސްޕިޓަލުން ބުނެގެން އެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މިދިޔަ އާދީއްތަ ދުވަހު ހަވީރުގެ ވަގުތެއްގައި މާލެ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އެ އަންހެން މީހާއަށް ޖިންސީ އަނިޔާ ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ހޮސްޕިޓަލުން ބުނީ ހަމަ އެ ރޭގެ ވަގުތެއްގައި ކަމަށެވެ.

Advertisement

“ހޮސްޕިޓަލުން ބެލުމަށްފަހު އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާކަމަށް ތުހުމަތު ކުރެވިގެން، ހަމަ އެދެވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް މައުލޫމާތު ދީފައިވޭ. އަނިޔާ ލިބިފައިވަނީ 24 އަހަރުގެ ދިވެހި އަންހެނަކަށް،” ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަނިޔާ ލިބުނު އަންހެން މީހާއަށް ބޭނުންވާ ސިއްހީ ފަރުވާގެ އިތުރުން ސައިކޯޝަލް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

އޭގެއިތުރުން އެ އަންހެން މީހާއަށް ޖިންސީ އަނިޔާ ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ