Advertisement
ވިމެން އިން ޑިމޮކްރަސީގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ޙަފްލާގެ ތެރެއިން

ޤައުމީ ނިންމުންތައް ނިންމުމުގައި އަންހެނުންގެ ދައުރު ކުޑަ : ދުންޔާ

ދިވެހިރާއްޖޭގައި ޙަޤީޤީ ޑިމޮކްރަސީއެއް ޤާއިމްވުމަކީ، އަންހެނުން ސިޔާސީ މުއައްސަސާތަކާއި، ޤައުމީ ނިންމުންތައް ނިންމުމުގެ ދާއިރާއިން އެކަހެރިކުރެވިފައި ތިބޭހާ ހިނދަކު، ޙާޞިލްކުރެވޭނެ ކަމެއް ނޫންކަމަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މަޢުމޫނު ވިދާޅުވެއްޖެއެވެ. ދުންޔާ މިހެން ވިދާޅުވީ، ވިމެން އިން ޑިމޮކްރަސީގެ 10 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދުންޔާ ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ އިންސައްތައަކީ އެންމެ 3% އެވެ. “އަދި އެންމެ ފަހުގެ އިންތިޚާބަށްފަހު ހޮވުނު ރައްޔިތުންގެ މަޖިލީހުގައި ހިމެނެނީ އެންމެ 3 އަންހެނުން. މިއީ ހަމައެކަނި ތަފާސް ހިސާބެއް ނޫން، މީގެން ދައްކުވައިދެނީ ޒަމާންތަކަކަށް ދެމިގެންގޮސްފައިވާ ޙަޤީގަތެއް- އަންހެނުން ބާރުވެރިކުުރުމަށް ކުރަމުންދާ ވަޢުދުތައް ޙަޤީތަގަކަށް ނުވުމުގެ ސަބަބުން މުހިއްމު ހުނަރުވެރިބައެއްގެ ބޭނުން ނުހިފި ދާ މަންޒަރު، ފެންނަކަމަށް” ދުންޔާ ވިދާޅުވިއެވެ.

Advertisement

ސިޔާސީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން މަދުކަމުގެ މައްސަލައަކީ ޒަމާނުއްސުރެ ދިވެހި މުޖުތަމަޢުން ކުރިމަތިލާންޖެހިފައިވާ މައްސަލައެކެވެ. ރައްޔިތުންގެ މަޖިލީހަށް ހޮވިފައިވާ 87 މެންބަރުންގެ ތެރެއިން މިހާރު ތިބީ އެންމެ ތިން އަންހެން މެންބަރުންނެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވި ގޮތުގައި، ޙަޤީޤީ ޑިމޮކްރަސީއަކުން ބޭނުންވަނީ ހަމަހަމަ ކޮށް ޖިންސަކަށް ބެލުމެއް ނެތި ޤައުމު ތަމްސީލުކުރުމަށެވެ. ޤައުމުގެ ކުރިމަގު ކަނޑައަޅާ ސިޔާސަތުތައް އެކުލަވައިލުމުގައި، އަންހެނުންނާއި ފިރިހެނުންގެ ދެޖިންސުގެ ދެމެދުގައި ހަމަހަމަ ބައިވެރިވުމެއް ނެތްނަމަ، ޤައުމީ ނިންމުންތައް ވަކި ފަރާތަކަށް ބުރަވެ، އެންމެންގެ މަޞްލަޙަތަށް ފައިދާކުރާ ނިންމުންތަކެއް ނުނިންމޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ