ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް އާއި ފިރިމީހާ އަދި މިހާރު ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ އެކްޓަރު ވިކީ ކައުޝަލްއަށް ދަރިއަކު ލިބުނުކަން އިއުލާންކޮށްފިއެވެ.
މިކަން އިއުލާންކޮށްފައި ވަނީ މިއަދު ހެނދުނު އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައެވެ.

ވިކީ ކެޓްރީނާ ޓެގްކޮށް އިންސްޓަގްރާމް ކުރި ޕޯސްޓެއްގައި ބުނީ “އަޅުގަނޑުމެންގެ އުފާވެރިކަން ދުނިޔެއަށް އަތުވެއްޖެ، ވަރަށް ލޯތްބާއި ޝުކުރުވެރިކަމާއެކު، އަޅުގަނޑުމެންގެ ފިރިހެން ދަރިފުޅަށް މަރުހަބާ ކިޔަން،” ކަމަށެވެ.
އެ ޕޯސްޓްގައި ކެޓްރީނާ ވިހެއި ތާރީހެއް ކަމަށް ބުނެފައި ވަނީ މިއަދެވެ.
ކެޓްރީނާއާއި ވިކީ ކޯޝަލް އެންމެ ފުރަތަމަ ދިމާވެފައިވަނީ 2019 ވަނަ އަހަރު ބޭއްވި ޝޯއެއްގެ ތެރެއިންނެވެ. ވިކީ މަޖަލަކަށް ހަދާ ކެޓްރީނާ ކާރިން ރައްޓެހިވާން އަހާފައިވެއެވެ. މިދެތަރިން ގުޅިގެން އުޅޭ ކަން އެތައް ދުވަހެއް ވަންދެން ސިއްރު ކުރެވިފައި ވީނަމަވެސް އާއިލީ އެއްވުންތަކުގައާއި ދެމީހުން އެކަނިވެސް އެކި ތަންތަނުން ފެނިގެން ގޮސްފައިވެެއެވެ.
މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން 2021 ވަނަ އަހަރު ރަސްމީކޮށް އިއުލާން ކޮށްފައިވާއިރު 2021 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ނުވަ ވަނަ ދުވަހު އާއިލާއާއި ގާތް ރައްޓެހިންނަށް ދައުވަތު ދީ ހަފްލާއެއް ބާއްވާ ކައިވެނިކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު