Advertisement

ޣައްޒާގެ ސިއްހީ ނިޒާމު އަދިވެސް އޮތީ ބިރުވެރި ހާލަތެއްގައި: ސިއްހީ އޮފިޝަލުން

ޣައްޒާގެ ސިއްހީ ނިޒާމު އަދިވެސް އޮތީ ބިރުވެރި ހާލަތެއްގައި ކަމަށް އެސިޓީގެ ސިއްހީ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ޣައްޒާގެ ޑިރެކްޓާ އޮފް މެޑިކަލް ރިލީފް މުހައްމަދު އަބޫ އަފީޝް “އަލްޖަޒީރާ”އަށް ވިދާޅުވީ، އިސްރާއީލުގެ އަނިޔާވެރި ބޮމުގެ ހަމަލާތައް ހުއްޓާލުމަށް ފަހު ވެސް ޣައްޒާގެ ސިއްހީ މަރުކަޒުތަކުގައި އެކި ތަކުލީފުތަކާ ކުރިމަތިލަމުންދާ ކަމަށެވެ.

Advertisement

“ވަސީލަތްތައް މަދުވުމުގެ ސަބަބުން މައިގަނޑު ސިއްހީ ހިދުމަތްތައް އަދިވެސް ދަނީ ދަށްވަމުން. މޮބައިލް ކްލިނިކްތަކާއި ފީލްޑް ހޮސްޕިޓަލްތަކުގެ ހިދުމަތް ޣައްޒާގެ އާބާދީއަށް ލިބުމަކީ އަވަސް ގޮތުގައި ވަރަށް މުހިންމު ކަމެއް،” އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން ދަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ވައުދުވި އެހީގެ ޝިޕްމަންޓްތައް ލަސްކޮށް ހުއްޓުވަމުންނެވެ. މި އެއްބަސްވުމަށް އަމަލު ކުރަން ފެށީ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުއެވެ.

“އަޅުގަނޑުމެން ވަރަށް އުއްމީދު ކުރަން ބޭނުންވާ ސާމާނު ގެނެސް މި ދާއިރާ ކުރިން އޮތް ވަރަށް ވުރެ ރަނގަޅުވާނެ ކަމަށް،” އަބޫ އަފީޝް ވިދާޅުވިއެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ފަރްހާން ހައްގު ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ މަސައްކަތް ފެށި ފަހުން އދ.ގެ 600 އެހީގެ ޓްރަކް ޣައްޒާއަށް ވަދެފައިވާ ދުވަހެއް އަދި ނެތް ކަމަށެވެ.

“އަޅުގަނޑުމެން ބޭނުންވަނީ އިސްރާއީލިގެ ކަމާބެހޭ ފަރާތްތަކުން އިތުރު ކްރޮސިން ޕޮއިންޓްތަކުން އިތުރު ޓްރަކްތަކަށް ދިއުމުގެ ހުއްދަ ދިނުމަށް. އެކަން އަޅުގަނޑުމެން ވަރަށް ސާފުކޮށް ކިޔައިދީފައިވާނެ،” އޭނާ ވިދާޅުވިއެވެ.

ޣައްޒާގެ ސިއްހީ ނިޒާމު ފުނޑުފުނޑުވަމުން އަންނައިރު، ޣައްޒާގައި ކުރިމަތިވެފައިވާ ބަނޑުހައިހޫނުކަމުގެ ކާރިސާ ދަނީ އިންތިހާއަށް އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

އިސްރާއީލުގެ ޖަލުތަކަށް ވަނުމުގެ ހުއްދަ ރެޑް ކްރޮސްއަށް ދޭން އަމުރުކޮށްފި

ޣައްޒާގެ ޖައްވުން ޢީދު: ފުން ހިތާމަޔާއި އެކުވެސް ފެންނަނީ ނުގުޑާ ފަދަ ސާބިތުކަން

ހޮސްޕިޓަލްތައް ބިމާހަމަކޮށްފި: ސައުތު ސޫދާން ބޭސްފަރުވާއަށް ސަލާންޖަހަނީ

ހަނގުރާމައިގެ ބިރުވެރިކަމާ އެކު، އީރާނުގެ ދައުލަތުގެ ޓީވީން ބަޑިޖަހާނެ ގޮތުގެ ތަމްރީނުތައް ދޭން ފަށައިފި