Advertisement

ޒާޔާ ފުލުހަށް ހާޒިރުވާން އަންގައިފި

އޮކްޓޫބަރު 3، ގައި މާލޭގައި މުޒާހަރާކޮށް ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ހުޅުމާލެ އުތުރު ދާއިރާ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ) ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

ޒާޔާއަށް ފޮނުވާފައިވާ ޗިޓުގައި އަންގާފައި ވަނީ މިއަދުގެ.ގެ ހެނދުނު 11:00 އަށް ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށެވެ. އޭނާ ހާޒިރު ކުރަނީ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ސީސީޓީވީ ފުޓޭޖް ކޮމްޕެރިސަން ސާމްޕަލް ހެދުމަށް ބޭނުންވާ ފޮޓޯ ނެގުމަށާއި އެ މައްސަލައާ ގުޅިގެން ބަޔާން ނެގުމަށެވެ.

Advertisement

ޒާޔާގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތަކީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާ ކުރުމާއި އާންމު ދަތުރުފަތުރަށާއި ވިޔަފާރިތަކަށް ހުރަސްއެޅޭ ގޮތަށް ހަރަކާތްތެރިވުމާއި ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތެވެ.

ޒާޔާގެ އިތުރުން ވެސް އެ މުޒާހަރާގައި ބައިވެރިވި ބައެއް އެހެން މީހުންގެ މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން އެމްޑީޕީ ޔޫތު ވިންގުގެ ދެ މެންބަރެއްގެ މައްސަލަ ވެސް ފުލުހުން ބަލަމުންދާކަން މި ނޫހަށް ވަނީ އެނގިފަ އެވެ.

އެމީހުންނަށް ވެސް ފުލުހުން ކުރަނީ ޒާޔާއަށް ކުރާ ތުހުމަތެވެ.

އެމްޑީޕީގެ މުޒާހަރާ ފެށީ އާޓިފިޝަލް ބީޗުންނެވެ. އެކަމަކު، މުޒާހަރާގެ ބައިވެރިން ވަނީ މަޖީދީ މަގަށް ނުކުމެ އެ މަގުން ކުރިއަށްދާން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ފުލުހުން ވަނީ ބާރާއި ހަތިޔާރު ބޭނުންކޮށްގެން މުޒާހަރާއަށް ހުރަސްއަޅައިފަ އެވެ.

އެ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ގަވާއިދާ ހިލާފަށް ބާރުގަދަ އަޑު ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، މުޒާހަރާ ރޫޅާލައިފަ އެވެ. އޭގެ އިތުރުން ޕެޕާ ސްޕްރޭ ވެސް ބޭނުން ކުރި އެވެ. ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން މީހަކަށް ހާޓް އެޓޭކެއް ވެސް ޖެހުނެވެ.

މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ އަށް މީހަކު ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ހަ މީހަކު 15 ދުވަހަށް ބަންދު ކުރުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ