Advertisement

ތާރީހީ މައުލޫމާތު އެއްކުރުމަށް އުމުރުން ދުވަސްވީ މީހުންގެ އިންޓަވިއުތައް އަންނަ މަހު ނަގަނީ

ރާއްޖޭގެ ތާރީހީ މައުލޫމާތު އެއްކުރުމަށް އުމުރުން ދުވަސްވީ މީހުންގެ އިންޓަވިއުތައް އަންނަ މަހުން ފެށިގެން ނަގަން ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައިގެ ވަޒީރު އާދަމް ނަސީރު ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އާދަމް ނަސީރު ވިދާޅުވީ ރާއްޖޭގެ ތާރީހީ މައުލޫމާތު އެއްކުރުމަށް އުމުރުން ދުވަސްވީ މީހުންގެ އިންޓަވިއުތައް އަންނަ މަހުން ފެށިގެން ނެގުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

Advertisement

އަދި އެ އިންޓަވިއުތައް އެއްކުރުމުގެ މަސައްކަތާ ގުޅޭގޮތުން މިހާތަނަށް 70 ކައުންސިލަކާ ބައްދަލުކުރައްވާފައިވާ ކަމަށާއި އެ މަސައްކަތް ކުރިއަށްދާނެ ގޮތުގެ މަޢުލޫމާތު ކައުންސިލްތަކާ ހިއްސާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

“މި މަސައްކަތުގެ އަމަލީ މަސައްކަތް އަންނަ މަހު ފެށޭނެ. އެގޮތުން މި މަސައްކަތުގެ ތެރެއިން 50 އަހަރުން މަތީގެ މީހުންގެ ތާރީހީ ވާހަކަތައް އެއްކުރެވި ރައްކާކުރެވޭނެ.” ވަޒީރު ވިދާޅުވިއެވެ.

އާދަމް ނަސީރު ވިދާޅުވީ އެ މަސައްކަތުގެ ބޭނުމަކީ އިލްމީ ތާރީހީ ދިރާސާތައްކުރުމަށްޓަކައި ބޭނުންވާ މައުލޫމާތު އެއްކުރުން ކަމަށެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުން މައުލޫމާތު އެ މަސައްކަތުގެ ދަށުން އެއްކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެއިތުރުން ވަޒީރު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ތަރިކައިގެ ދާއިރާގެ ތަކެތި ރައްކާތެރިކުރުމާއި މަރާމާތުކުރުމާއި ބެލެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.

ނަމަވެސް މި ސަރުކާރުގެ ސިޔާސަތަކީ އެ މަސައްކަތްތައް ކުރުމުގެ އިތުރަށް އެ ދާއިރާއަކީ ދިވެހިންގެ ދިރިއުޅުމުގެ ބަޔަކަށް ހެދުމާއި އެ ދާއިރާއަކީ އާމްދަނީ ލިބޭ ދާއިރާއަކަށް ބަދަލު ކުރުން ކަމަށް ވިދާޅުވިއެވެ. އެގޮތުން ފަތުރުވެރިން ޝައުގުވެރިވާނެ ގޮތަށް ތަރިކަ ހުންނަ ސަރަހައްދުތައް ތަރައްގީކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ