ހދ. ނޭކުރެންދޫ “ނަސްރު” ބޯޓު އަޑިއަށްދިޔަ ހާދިސާއާ ގުޅިގެން ހދ. ކުމުންދޫ ރައްޔިތުންނަށް ލިބުނު ގެއްލުންތައް ބަލަން، އެރަށު ކައުންސިލުން ބޭނުންވެއްޖެއެވެ.
މާލެއިން ޅ.ނައިފަރަށް ދަތުރުކުރަމުންދިޔަ “ނަސްރު” ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓު ދިޔަވެ އަޑިއަށް ގޮސްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހެވެ.
މި ބޯޓު އަޑިއަށް ގޮސްފައި ވަނީ ޅ. އަލިގާގެ ދެކުނުން 3.3 މޭލުންނެވެ.
ކުމުންދޫ ކައުންސިލުން ކުރި އިއުލާނެއްގައި ވިދާޅުވީ، އެ ބޯޓު އަޑިއަށް ދިޔުމާއި ގުޅިގެން ހދ. ކުމުންދޫގެ ވިޔަފާރިވެރިންނާއި ރައްޔިތުންނަށް ލިބުނު މާލީ ގެއްލުން ދެނެގަތުމަށް ކައުންސިލުން ބޭނުންވާ ކަމަށެވެ.
އެހެންކަމުން އެކަމުގެ މައުލޫމާތު މި ފޯމް މެދުވެރިކޮށް ފޯރުކޮށްދިނުމަށް އެދިފައި ވެއެވެ.
އެ އިއުލާނުގައި ވިދާޅުވީ، މި މައުލޫމާތު އެއްކުރަނީ ކައުންސިލްއިން ތައްޔާރު ކުރަމުންދާ ރިޕޯޓަކަށް ކަމަށެވެ. އަދި މި ރިޕޯޓް ނޭޝަނަލް ޑިސާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއާ ހިއްސާ ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
އެ އިއުލާނުގައި ވަނީ އަންނަ ހޯމަ ދުވަހުގެ ކުރިން، އެކަމަށް ހާއްސަކޮށްފައިވާ ފޯމު ފުރައިދިނުމަށް އެދިފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު