Advertisement

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑޮކްޓަރު އައިޝަތު އަލީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޙާޒިރު ކޮށްފި އެވެ.

އައިޝަތު އަލީ އޭސީސީ އަށް ހާޒިރު ކޮށްފައި ވަނީ ބުދަ ދުވަހުގެ ހެނދުނު 09:30 ގައެވެ. އެކަމަނާ އޭސީސީ އަށް ވަޑައިގެންނެވިއިރު އެ ސަރަހައްދުގައި އެމްޑީޕީގެ އިސް ބޭފުޅުން އަދި އާންމު މެމްބަރުން ވެސް ތިއްބެވި އެވެ.

Advertisement

އޭސީސީ އަށް ޙާޒިރުވުމުގެ ޗިޓު އައިޝަތު އަލީ އަށް އޭސީސީ އިން ފޮނުވާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ޗިޓުގައި ބުނެފައި ވަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެން ނުވާ ބަދަލެއް އެ ކުންފުންޏަށް ދިނުމަށް، 2019 ވަނަ އަހަރު އަލްޓަނޭޓް ޑިސްޕިއުޓް ރެސޮލިއުޝަން ކޮމިޓީ އިން ނިންމި ނިންމުމުގައި އައިޝަތު އަލީ ބައިވެރިވެފައި ވަނީ އެ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން، އައިޝަތު އަލީ އަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބެން ޖެހޭ މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް ކުރާ ތުހުމަތުގއެވެ.

އަދި އައިޝަތު އަލީގެ އެ އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުން ވެފައި ވާތީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކޮށްފައިވާ ކަމަށް ކުރާ ތުހުމަތުގައި ހާޒިރުކުރާ ކަމަށް އޭސީސީ އިން ފޮނުވި ޗިޓުގައި ވަނީ ބުނެފަ އެވެ.

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފައިވާއިރު، ހަމަ މި މައްސަލައިގައި މިދިޔަ އާދީއްތަ ދުވަހު ވަނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް އޭސީސީ އަށް ޙާޒިރު ކޮށްފަ އެވެ. އޭގެ ފަހުން ހޯމަ ދުވަހު ވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް އެ މައްސަލައިގައި އޭސީސީ އަށް ޙާޒިރު ކޮށްފަ އެވެ.

އެމްޑީޕީ ސަރުކާރުގެ އިސްވެރިން ތަކެއް އޭސީސީ އަށް ޙާޒިރު ކުރަން ފަށާފައިވާއިރު، އޭރުގެ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު އަށް ވެސް ވަނީ އޭސީސީ އަށް ޙާޒިރު ވުމަށް އަންގައިފަ އެވެ. ނަމަވެސް، ޙާޒިރުވާން ޖެހޭ ދުވަހަކާއި، ވަގުތެއް އަދި މައްސަލައިގެ ތަފްސީލެއް މިހާތަނަށް އޭސީސީ އަށް ރިފްއަތަށް އަންގާފައި ނުވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ