އިސްރާއީލުން ވަގަށް ނަގާފައިވާ ފަލަސްތީނުގެ 2000 އަށް ވުރެ ގިނަ މީހުން މީގެ އިރުކޮޅެއް ކުރިބް މިނިވަންކޮށްފިއެވެ.
މިނިވަންކުރި މީހުންނަކީ އިޒްރޭލުން އެކި ސަބަބުތަކަށް ޓަކައި ހައްޔަރުކޮށް، ގިނަ ފަހަރު ޝަރީއަތެއް ނެތި ނުވަތަ ގަވާއިދާ ހިލާފަށް ބަންދުކޮށްފައި ތިބި ރައްޔިތުންނެވެ.
އިސްރާއީލާއި ހަމާސްގެ ދެމެދުގައި ކުރިއަށްދާ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގެ ދަށުން، އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި 2000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން މިނިވަން ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ފަލަސްތީނު ޕްރިޒަނާސް ސޮސައިޓީން ވަނީ ބުނެފައެވެ. އެ އެއްބަސްވުމުގެ ދަށުން، މިއަދު އިސްރާއީލުން ހައްޔަރުކޮށްފައިވާ 7 މީހުން މިނިވަންކޮށްފައި ވެއެވެ.
މިނިވަން ކުރި އިސްރާއީލު މީހުންގެ ތެރޭގައި އެލްކާނާ ބޯބޮޓް (36)، ރޮމް ބްރަސްލަވްސްކީ (21)، ނިމްރޯޑް ކޯހެން (20)، އޭރިއަލް ކޫނިއޯ (28)، ޑޭވިޑް ކޫނިއޯ (35)، އެވްޔަތާރ ޑޭވިޑް (24)، މެކްސިމް ހަރކިން (37)، އީޓަން ހޯރން (38)، ސެގޭވް ކަލްފޮން (27)، ބާރ ކުޕަރސްޓައިން (23)، ޔޫސުފް ހައިމް އޯހާނާ (25)، އަވީނާޓަން އޯރ (32)، އަދި މާތާން ޒަންގާ އުކަރ (25) ހިމެނެއެވެ. މި މީހުންގެ ތެރެއިން 7 މީހަކު މިއަދު ވަނީ ދޫކޮށްލާފައެވެ.
ފަލަސްތީނު ޕްރިޒަނާސް ސޮސައިޓީން ވަނީ، އިސްރާއީލު ޖަލުތަކުން މިނިވަން ކުރެވޭނެ ކަމަށް ހަމަޖެހިފައިވާ 1718 ފަލަސްތީނު މީހުންގެ ނަންތައް ވެސް ހާމަކޮށްފައެވެ. މި ބަދަލުކުރުމުގެ މުއާމަލާތް ކުރިއަށްދާއިރު، ޣައްޒާގައި ހަމާސް އާއި އިސްރާއީލުގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލުމަށް ބައިނަލްއަގްވާމީ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
އަލްޖަޒީރާގެ ރިޕޯޓުތަކުން ހާމަވާ ގޮތުގައި، މިވަގުތު ވެސް އިޒްރޭލުގެ ޖަލުތަކުގައި ގާތްގަނޑަކަށް 10،000 ފަލަސްތީނު ރައްޔިތުން ބަންދުކޮށްފައި އެބަތިއްބެވެ. ހަނގުރާމަ ފެށުނު ފަހުން، ސިޔާސީ ގައިދީންގެ އަދަދު ދެގުނަ އިތުރުވެފައިވާ ކަމަށް ގައއިދީންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާއެއް ކަމަށްވާ “އައްދަމީރު” އިން ބުނެއެވެ.
މިވަގުތު 400 ފަލަސްތީނު ކުޑަކުދިން އިޒްރޭލުގެ ޖަލުތަކުގައި ތިއްބެވެ. އެކުދިންގެ ގިނަ ބަޔަކު ތިބީ ޝަރީއަތުގެ ކުރިން ހައްޔަރުކޮށްފައި، އަދި އެއްވެސް ކުށެއް ސާބިތުވެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު