Advertisement

ހުޅުދޫ ޕާކުގައި ހުރި ދިރުންތަކައް ވިހަ ދިންކަމުގެ ތުހުމަތު

އައްޑޫ ސިޓީ ހުޅުދޫ ޑަކު ޕާކުގައި ހުރި ދިރުންތައް ބަޔަކު މަރާލި ކަމަށް ތުހުމަތު ކުރެވިގެން އެ މައްސަލަ ފުލުސް އޮފީހަށް ހުށަހަޅައިފި އެވެ.

ހުޅުދޫ ކައުންސިލަރު، ހުސައިން ފާއިޒް ހަވާސާ އަށް ވިދާޅުވީ ޑަކު ޕާކްގައި ހުރި ދިރޭ އެއްޗިއްސަށް ބަޔަކު އެއްޗެއް ކާންދީގެން މަރައިލީ ކަމަށް ބެލެވޭ ކަމަށެވެ. އޭގެ ސަބަބުން އަސްދޫންޏާއި ދޫންޏާއި ގިނަ އަދަދެއްގެ މަސް މަރުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

Advertisement

އަސްދޫނިތަކުގެ ތެރެއިން ސަލާމަތްވީ އެންމެ އަސްދޫންޏެވެ.

“ސީދާ ސަބަބު އަޅުގަނޑުމެންނަކަށް ނުއެއް އެނގޭ. އެކަމަކު ބޮޑަށް ހީވަނީ ކޮންމެވެސް އެ އެއްޗިއްސަށް އެއްޗެއް އަޅައިގެން ކާންދީފައި. ނޫނީ ފެންގަނޑަށް އެއްޗެއް އަޅައިގެން ވެފައި އިން ގޮތެކޭ. އެތާ ހުރި ހުރިހާ އަސްދޫންޏެއްހެން މަރުވީ. އެންމެ އެއްޗެއް ބާކީ އިނީ. އޭތިވެސް ބަލި،” އޭނާ ވިދާޅުވި އެވެ.

ހުޅުދޫ ޑަކް ޕާކް: އެތަނުގައި ގެންގުޅުނު ގިނަ އަދަދެއްގެ އަސްދޫނިތައް ވަނީ މަރުވެފައި — ފޮޓޯ: ޖަމްބެ

ފާއިޒް ވިދާޅުވީ، ޕާކުގައި ދިރިއުޅުނު ދިރޭތަކެތި މަރުވާން ފެށީ މީގެ ދެ ދުވަސް ކުރިން ފެށިގެން ކަމަށެވެ.

ރަށުގެ ރައްޔިތުންނާ ގުޅިގެން ހުޅުދޫ ޑަކް ޕާކް ހިމެނޭ ސަރަހައްދު ސާފުކޮށް، އަނެއްކާވެސް އެތަނަށް އަސްދޫނިތައް ގެނެސް ރަށުގެ ރީތިކަން ދެއްކުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް ފާއިޒް ވިދާޅުވި އެވެ.

ޖުމްލަ އަށް އަސްދޫނި ހުޅުދޫ ޑަކް ޕާކްގައި ގެންގުޅުނެވެ. އޭގެ ތެރެއިން އެންމެ އަސްދޫންޏެއް ބާކީ ހުރިއިރު، އެ އަސްދޫނި ވެސް ބަލިކޮށް އުޅޭތީ ސަލާމަތްވާނެ ކަމުގެ އުންމީދެއް ނެތެވެ.

ހުޅުދޫ ޑަކް ޕާކަކީ އެ ރަށު ކައުންސިލުގެ އިތުރުން ވަކިން ހާއްސަކޮށް އެ ރަށުގެ ރައްޔިތުން ހަރަދުކޮށްގެން ތަރައްގީކޮށްފައިވާ ތަނެކެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ހުޅުވި ހުޅުދޫ ޑަކް ޕާކަށް ދުވާލެއްގެ މައްޗަށް 50 އެއްހާ މީހުން ޒިޔާރަތް ކުރެ އެވެ. އޭގެއިތުރުން ހަފްތާ ބަންދުތަކުގައި އަދި ސްކޫލް ޗުއްޓީތަކުގައި 200 އަށްވުރެ ގިނަ މީހުން ވެސް ޒިޔާރަތްކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ