Advertisement

އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރުމައް އިސްރައްވެހިންގެ ހަވީރެއް ބާއްވަނީ

ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް އިސްރަށްވެރިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.

މިއީ ސޯޝަލް މިނިސްޓްރީ އާއި އެޗްޑީސީ، އުރީދޫ އަދި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ބާއްވާ ހަވީރެކެވެ.

Advertisement

އުމުރުން ދުވަސްވީ މީހުންނަށް އާއިލާތަކާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ މި ހަވީރު ކުރިއަށްދާނީ އޮކްޓޯބަރ ވާ ބުދަ ދުވަހުގެ ހަވީރު 4:30 ގައި ހުޅުމާލެ ފޭސް-2 ‘ރުއްގަނޑު 3’ ސަރަހައްދުގައެވެ.

މި ހަވީރުގައި އުމުރުން ދުވަސްވީ މީހުންނާއި އެފަރާތްތަކުގެ އާއިލާތަކަށް އުފާވެރި ހިތްހަމަޖެހޭ މަޖާ ވަގުތުކޮޅެއް ހޭދަކުރުމުގެ ގޮތުން އެކި ކަހަލަ ހަރަކާތްތަކާއި ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ސޯޝަލް މިނިސްޓްރީގެ އިސްރަށްވެހިންގެ ނާދީގެ މެންބަރުންގެ ފަރާތުން ވެސް ތަފާތު ހަރަކާތްތައް ދައްކުވައިދޭ ސްޓޯލްތައް ތައްޔާރުކުރެވިފައި ހުންނާނެކަމަށް އެ މިނިސްޓްރީން ހާމަކުރައްވައެވެ.

ހިތްހަމަޖެހޭ އެކުވެރި މާހައުލެއްގައި އާއިލާތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުމަކީ އުމުރުން ދުވަސްވީ ފަރާތްތަކަށް ދެވޭނެ ވަރަށް އަގުހުރި ހަދިޔާއެކެވެ. އެހެންކަމުން އާއިލާގެ އުމުރުން ދުވަސްވީ ފަރާތްތަކާއެކު ވީހާވެސް ގިނަ ފަރާތްތައް މި ހަވީރުގައި ބައިވެރިވުމަށް މިނިސްޓްރީން އެދިލައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު ސޯބެ ކާމިޔާބު ކޮށްފި

ތިމާވެށި ހިމާޔަތްކުރަން އަހަރަކު 7 މިލިއަން ރުފިޔާ ހަރަދު ކުރަން ރައީސް ނިންމަވައިފި

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ