ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފްއާއި ވިކީ ކޯޝަލްއަށް އަލަތު ދަރިއަކު ލިބެން އުޅޭ ކަމުގެ އުފާވެރި ޚަބަރު ކެޓްރީނާ އެންމެ ފަހުން ދީފިއެވެ.
މީސް މީޑިއާ މެދުވެރިކޮށް ކެޓްރީނާ މިކަން ކަށަވަރު ކޮށްދީފައިވަނީ އޭނާގެ އިންސްޓަރގުރާމް އެކައުންޓަށް ދޫކޮށްލާފައިވާ ރީތި ފޮޓޯއަކުންނެވެ.
މި ދެމަފިރިންގެ ގިނަ ފޮޓޯތަކާއި ވީޑިއޯތަށް ވަނީ ފާއިތު ވެގެން ގޮސްފައިވާ މަސްތަކުގައި މީސްމީޑިއާގައި ކެޓްރީނާ ބަނޑު ބޮޑު ކަމަށް ބުނެ ފެތުރިގެންގޮސްފައެވެ. އެހެންކަމުން މި ދެތަރިންނަށް ދަރިއަކު ލިބެން އުޅޭކަން ޔަގީން ކޮށްދީފައި މިވަނީ އެމީހުންނަށް ސަޕޯޓް ކުރާ ގިނަ ފަރާތްތަކުން އެމީހުންގެ ފަރާތުން މިފަދަ އުފާވެރި ހަބަރަކަށް އިންތިޒާރު ކުރަމުން އައިސްފައިވާތާ އެތަކެއް ދުވަހެއް ފަހުންނެވެ.
ކެޓްރީނާ އޭނާގެ އިންސްޓަރގުރާމް އެކައުންޓަށް ވީކީ އޭނާގެ ބަނޑުގައި ހިފަހައްޓައިގެން ހުރި ފޯޓޯއެއް ދޫކޮށްލުމަށްފަހު ލިޔެފައިވަނީ އެމީހުންގެ ދިރިއުޅުމުގެ އެންމެ ރަނގަޅު ބާަބު ފަށަން އުޅެނީ ކަމަށެވެ.
ކެޓްރީނާއާއި ވިކީ ކޯޝަލް އެންމެ ފުރަތަމަ ދިމާވެފައިވަނީ 2019 ވަނަ އަހަރު ބޭއްވި ޝޯއެއްގެ ތެރެއިންނެވެ. ވިކީ މަޖަލަކަށް ހަދާ ކެޓްރީނާ ކާރިން ރައްޓެހިވާން އަހާފައިވެއެވެ. މިދެތަރިން ގުޅިގެން އުޅޭ ކަން އެތައް ދުވަހެއް ވަންދެން ސިއްރު ކުރެވިފައި ވީނަމަވެސް އާއިލީ އެއްވުންތަކުގައާއި ދެމީހުން އެކަނިވެސް އެކި ތަންތަނުން ފެނިގެން ގޮސްފައިވެެއެވެ.
މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން 2021 ވަނަ އަހަރު ރަސްމީކޮށް އިއުލާން ކޮށްފައިވާއިރު 2021 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ނުވަ ވަނަ ދުވަހު އާއިލާއާއި ގާތް ރައްޓެހިންނަށް ދައުވަތު ދީ ހަފްލާއެއް ބާއްވާ ކައިވެނިކޮށްފައިވެއެވެ.
މިހާރު އެމީހުންގެ ކައިވެންޏަށް ހަތަރު އަހަރު ވެފައިވާއިރު ކެޓްރީނާ ވިހާނެ ކަމަށް ބުނެފައިވަނީ އަންނަ އޮކްޓޫބަރ މަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު