Advertisement

އޮރެންޖް 5 ރުފިޔާއަށް، މެންޑަރިން 3.50 ރުފިޔާއަށް ވެއްޓިއްޖެ

މާލޭގެ ބާޒާރުގައި އަތް ނުފޯރާ ފަށުގައި ހުރި އޮރެންޖުގެ އަގު ދަށްވާން ފަށައިފިއެވެ.

ބާޒާރުގައި އޮރެންޖުގެ އަގުތައް 15 ރުފިޔާއަށް މަތިވެގެން ދިޔައީ ރާއްޖެއަށް އެތެރެކުރާ އޮރެންޖުގެ އަދަދު މަދުވެގެން ދިޔައީމައެވެ. އޮރެންޖާއެކު އާފަލުގެ އަގުވެސް 12 އަށް އަރައިގެން ދިޔައެވެ.

Advertisement

މިފަހަރު ބާޒާރުގައި އޮރެންޖް އަގުބޮޑުވުމާއެކު އެސްޓީއޯއިން ވަނީ އަގުހެޔޮކޮށް ތާޒާ އޮރެންޖް ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖައްސާފައެވެ. އެގޮތުން އެސްޓީއޯގެ ޕީޕަލް ޗޮއިސް އިން އޮރެންޖް ކިލޯއެއް 35ރ. އަށް ވިއްކަން ވަނީ ފަށައިފައެވެ. އެސްޓިއޯއިން މިގޮތަށް ވިއްކުމުން އޮރެންޖެއްގެ އަގު ޖެހެނީ 6ރ. އަށެވެ.

އެއާއިއެކުގައި އަގުބޮޑުކޮށް ބާޒަރުގައި ވިއްކަމުންދާ އޮރެންޖުގެ އަގު ވަނީ ފަސް ރުފިޔާއަށް ތިރިވެފައެވެ. ބައެއް ފިހާރަތަކުން ތިން ރުފިޔާއަށް ވެސް މިހާރު އޮރެންޖް ދަނީ ވިއްކަމުންނެވެ. އެގޮތުން ބަލާއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އިހުސާން ފިހާރައިން އޮރެންޖެއް 5 ރުފިޔާއަށް ވިއްކަމުން އަންނައިރު، މެންޑަރިން ވިއްކަމުން އަންނަނީ 3.50 ރ. އަށެވެ.

އޮރެންޖާއެކު އާފަލުގެ އަގު ވެސް ވަނީ ދަށްވެގައެވެ. އެގޮތުން މިހާރު އާފަލެއް ބާޒާރުން ލިބެނީ 9-10 ރުފިޔާއަށެވެ.

ރާއްޖޭގައި މާކެޓްގައި ތަކެތީގެ އަގު މައްޗަށް ދަނީ ބާޒާރަށް އެތެރެކުރާ އެ ބާވަތުގެ ތަކެތި ލިބުން ދަތިވާ ދުވަސްތަކުގައެވެ. އެ ދުވަސްވަރުގައި ސަރުކާރުގެ ލަފަޔާއެކު އެސްޓީއޯއިން އަބަދުވެސް އަގުހެޔޮކޮށް މުދާ އެތެރެކޮށް ރައްޔިތުންނަށް ލުއި ފަސޭހަކަން ހޯދައިދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ދައުލަތުގެ އާމްދަނީ 12 އިންސައްތަ އިތުރުވެއްޖެ

މޯލްޑިވްސް ޕްރީމިއާ ބޭންކަށް ބޭންކިންގ ލައިސަންސް އެމްއެމްއޭ އިން ދީފި

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގުތިސާދީ ކުރިއެރުން މަޑުޖެހޭނެ ކަމަށް އޭޑީބީން ލަފާކޮށްފި

އެސްއެމްއީ ވިޔަފާރިތަކަށް އާ ލޯން ސްކީމެއް ތައާރަފުކޮށްފި