އަލަށް އުފަންވާ ކުދިންގެ ދުޅަހެޔޮކަމަށް އެކުއެކީގައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ.
ނިއޮނޭޓަލް ނަރުހުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެއީ ވަރަށް ތާރީހީ ކޮންފަރެންސެއްކަން ފާހަގަކުރައްވަމުން މެޑަމް ވިދާޅުވީ މެޑަމް ވިދާޅުވީ އަލަށް އުފަންވާ ކުދިންގެ ސިއްހަތަށް އިސްކަންދިނުމަކީ އިންސާނީ ދުޅަހެޔޮކަމުގެ ބިންގާ ކަމަށެވެ. އަދި އެ ބިންގާ ވަރުގަދަކަމާއެކީ ދެމެހެއްޓުމަށް އެކުއެކީ މަސައްކަތްކުރެއްވުމަށް ވަނީ ގޮވާލައްވާފައެވެ.
“އަލަށް އުފަންވާ ކުދިންގެ ދުޅަހެޔޮކަމަށް އެކުއެކީގައި މަސައްކަތްކުރުމަށް ގޮވާލަން. އުއްމީދަކީ އައު ޚިޔާލުތަކާ މުހިންމު މަޝްވަރާތަކެއް ކުރެވިގެންދިއުން. އަދި މަޝްވަރާތަކުގެ ހެޔޮ ނަތީޖާއަށް ވާސިލުވުން.” ސާޖިދާ ވިދާޅުވިއެވެ.
ފަސްޓް ލޭޑީ ވިދާޅުވީ، ތުއްތުކުދިންގެ ދުޅަހެޔޮކަމަކީ ކޮންމެ އާއިލާއަކަށާއި، އަންނަން އޮތް ޖީލުތަކަށް ވެސް ގުޅިފައިވާ މުހިންމު މައުޟޫއެއް ކަމަށެވެ. އަދި އެ ކޮންފަރެންސްގައި ބައިވެރިންގެ އެއްބާރުލުމާ، ބިނާކުރުވަނިވި ހައްލުތަކަށް ހިޔާލާ މަޝްވަރާ ވަރަށް މުހިންމު ކަމުގައި ފާހަގަކުރެއްވިއެވެ.
އެ މަސައްކަތަކީ އިހުގައި ގޮންޖެހުންތައް ބޮޑު މަސައްކަތެއް ކަމަށާއި، މިހާރު ވެސް އިތުރު ކުރިއެރުންތަކެއް ބޭނުންވާ ދާއިރާއެއް ކަމަށް ވިދާޅުވިއެވެ. ހާއްސަކޮށް ވަސީލަތާއި އިންސާނީ ހުނަރުތައް ތަރައްގީކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
“އަލަށް އުފަންވާ ކުދިންގެ ފަރުވާއަށް ޓަކައި ކުރައްވާ އަގުހުރި މަސައްކަތް ފާހަގަކޮށް، އެ މަސައްކަތުގެ ކުރީސަފުގައި ތިއްބެވި އެންމެހާ ޑޮކްޓަރުންނާއި، ނަރުހުންނަށް އަދި ފޫޅުމައިންނަށް، މި އެންމެ ބޭފުޅުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރިއްޔާ.” މެޑަމް ވިދާޅުވިއެވެ.
ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، ދުނިޔޭގެ ތަރައްގީވެފައިވާ ސިއްހީ ނިޒާމުތަކާ ފައިހަމަކުރުމަށް އަބަދުވެސް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އެގޮތުން ތަނާއި ޖާގަ، ތަކެއްޗާއި ވަސީލަތްތައް، އިންސާނީ ގާބިލުކަމާއި ހުނަރު އެ ދާއިރާއަށް ބޭނުންވާ ކަމަށާއި ކޮންމެ ދާއިރާއަކަށް ބެލިއަސް ދުނިޔޭގެ ކުރިއަރާފައިވާ އިލްމާއި ޓެކްނޮލޮޖީ، އަލަށް އުފަންވާ ކުދިންގެ ފަރުވާއާ ގުޅިފަވާ ހާއްސަ އިލްމީ ޓެކްނޮލޮޖީތައް ބޭނުންވާ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
ކޮންފަރެންސްގެ އަލީގައި ރާއްޖޭގައި ހުރި ގޮންޖެހުންތަކާއި، ވަސީލަތްތަކުގެ ގޮތުން ބޭނުންވާ ކުރިއެރުންތަކާ މެދު މަޝްވަރާކޮށް، ހައްލުތަކެއް ހޯދޭނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ. އެކަމަނާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، އާޚިރު ނަތީޖާއަކީ ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިފައިވާ މުޖުތަމަޢެއް ބިނާކުރުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު